މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

16 އޯގަސްޓް 2022 - 15:44

ސިއްޙީ ޚިދުމަތްދޭ ތަންތަން އެކްރެޑިޓްކުރާ މިންގަނޑާ ބެހޭ މަޝްވަރާކުރަނީ

ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ވަޒަންކުރާ މިންގަނޑު ހަރުދަނާކުރުމާ ގުޅޭގޮތުން ސިންގަޕޫރުގެ “ސިންގްހެލްތް” އިންސްޓިޓިއުޓާއެކު މިނިސްޓްރީ އޮފް ހެލްތުން ބައްދަލުކޮށްފިއެވެ.

advertisement

ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ނޫން: ފުލުހުން

މިދިޔަ ހަފްތާ ހޮނޮހިރު ދުވަހު މާލޭގެ ހ. ޝީރީންވިލާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަންހެންމީހާގެ ހަށިގަނޑުގެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ. 

ލ.ގަމުން ހާލުބޮޑުވި ބަލިމީހަކު މާލެ ގެނެސްފި

ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އޮގަސްޓް 15 ވަނަ ދުވަހުގެ ރޭ ވަނީ މާލެ ގެނެސްދީފިއެވެ.

ހިޔާ ފްލެޓް އެޗް 10ގައި ޔޫތް ސެންޓަރެއް ހުޅުވައިފި

ޔާ ސަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް ހާއްސަ ކޮށްގެން ޔޫތް މިނިސްޓްރީގެ ފަރާތަުން އެޗް 10ގައި ޔޫތް ސެންޓަރެއް ހުޅުއްވާދެއްވައިފި އެވެ.

ދަރަނި މެނޭޖުކުރަން ދެ އެނަލިސްޓުން ހޯދަނީ

ރާއްޖޭގެ ދަރަނި ބަހަލައްޓާ ފިނޭންސް މިނިސްޓްރީގެ ޑިޕާޓްމަންޓަށް ދެ ދަރަނި އެނިލިސްޓުން ހޯދަން ފަށައިފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0