މާލެ، ހުޅުމާލެ، އަދި ވިލިނގިލި ސަރަހައްދަށް ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ހޯދަނީ
August 17, 2022
ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ހޯދުމަށް ހުޅުވާލައިފިއެވެ. އެނިއުމަރޭޓަރުން ހޯދަނީ މާލެ ހުޅުމާލެ، އަދި ވިލިނގިލީ ސަރަހައްދަށެވެ.
އެނިއުމަރޭޓަރުންނަށް މަސައްކަތްކުރާ ދުވަސްތަކަށް އެލަވަންސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއީ ޓްރެއިނިންގ އެލަވަންސްގެ ގޮތުގައި 5 ދުވަހަށް ކޮންމެ ދުވަހަކަށް 100 ރުފިޔާއާއި، މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާއެވެ. މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރަންޖެހޭނީ 7 ދުވަހާއި 11 ދުވަހުގެ މުއްދަތެއްގައެވެ. އަދި ފޯން އެލަވަންސްގެ ގޮތުގައި ކޮންމެ ދުވަހަކަށް 10 ރުފިޔާވެސް ލިބޭނެއެވެ.
Submission for Census 2022 Enumerator Applications for Male' Region is open now! Apply Now via https://t.co/GulOC4qlxx#AharenVesBaiverivaanan #CountMeIn #Census2022mv pic.twitter.com/mMI2QpwTob— Census 2022 Maldives (@census2022mv) August 15, 2022
މިހާރު ކުރިއަށްދަނީ ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ތަމްރީންތައް، އެއީ:
- އެޓޯލްސް ރައުންޑް 3: ވ، މ، ފ، ދ، ތ، ލ، ގއ އަތޮޅު ( 14 – 18 އޮގަސްޓް)
- މާލެ ރައުންޑް 2: ދަރުބަރުގޭގައި ( 14 – 18 އޮގަސްޓް، ހެނދުނު އަދި މެންދުރު ފަސް) – 6 ކްލާސް
- މާލެ ރައުންޑް 2: އިއްޒުއްދީން ސްކޫލްގައި ( 15 – 19 އޮގަސްޓް، މެންދުރު ފަސް) – 12 ކްލާސް
މިހާރު ތައްޔާރުވަމުންދަނީ އަތޮޅުތެރޭގެ ޓްރެއިނިންގް އޮފް އެނިއުމަރޭޓަރސް ރައުންޑް 2: ރ، ބ، ޅ، އއ، އދ (އަތޮޅު 21 – 25 އޮގަސްޓް) އަދި މާލޭގައި 21 – 25 އޮގަސްޓްއަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓްރެއިނިންގްސްއަށެވެ. ދެން ކުރިއަށް ރޭވިފައި އޮތީ ރައުންޑް 5: ކ އަތޮޅު 28 އޮގަސްޓް – 1 ސެޕްޓެމްބަރއަށެވެ.
Census counts everyone in the country!
Census 2022 teams will visit you from 13th to 25th September 2022.@UNFPAMaldives #AharenVesBaiverivaanan #CountMeIn #Census2022mv pic.twitter.com/kFlBHtgt0j— Census 2022 Maldives (@census2022mv) July 18, 2022
ނިމިފައިވާ ޓްރެއިނިންގް ތައް:
- ރައުންޑް 1: ހއ، ހދ، ށ، ނ އަތޮޅުގައި 31 ޖުލައި – 4 އޮގަސްޓް 2022އަށް
- ރައުންޑް 2: ގދ، ފުވައްމުލަށް އަދި އައްޑޫ ސިޓީ
- މާލެ ރައުންޑް 1: 3 ކްލާސް
ޓްރެއިނިނގް އޮފް ޓްރެއިނަރސް
- ބެޗް 1 އަދި 2: 17 – 21 ޖުލައި 2022ގައި ކުރިއަށް ގެންގޮސް ނިންމާލެވިފައި
- ބެޗް 3 އަދި 4 : 31 ޖުލައި – 4 އޮގަސްޓް 2022އަށް ގެންގޮސް ނިންމާލެވިފައި
- ބެޗް 3: 7 – 11 އޮގަސްޓް 2022އަށް ގެންގޮސް ނިންމާލެވިފައި
ޓްރެއިނިނގް އޮފް އެނިއުމަރޭޓަރސް – މާލެ، ކުރިއަށް ގެންދެވޭނެ ގޮތް:
- ބެޗް 1: 14 – 18 އޮގަސްޓް
- ބެޗް 2: 21 – 25 އޮގަސްޓް
- ބެޗް 3: 28 އޮގަސްޓް – 1 ސެޕްޓެމްބަރ
- ބެޗް 4: 4 – 8 ސެޕްޓެމްބަރ
މާލެ ސަރަހައްދަށް އަދިވެސް އިތުރު ކުދިން ބޭނުންވާތީ މިހާރު އެނިއުމަރޭޓަރަކަށް ވުމަށް ވަނީ ފުރުސަތު ހުޅުވާލެވިފައިއެވެ.
https://statisticsmaldives.gov.mv/applicationform/census2022/eform.php އިން ފޯމް ހުށައެޅޭނެއެވެ.



