ކުރީގެ ރައީސުންނަށް ރައްޔިތުންގެ ފައިސާއިން މިހާތަނަށް 115.3 މިލިޔަން ރުފިޔާ

17 އޯގަސްޓް 2022 - 13:59

ކުރީގެ ރައީސުންނަށް ރައްޔިތުންގެ ފައިސާއިން މިހާތަނަށް 115.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ. ފިނޭންސް މިނިސްޓްރީ އިން މި މައުލޫމާތު ހާމަކޮށްފައިވަނީ މި ނޫހުގެ ފަރާތުން ކުރީގެ ރައީސުންނަށް މިއަދާއި ހަމައަށް ދައުލަތުން ކޮށްފައިވާ ހޭދަ ހާމަކުރުމަށް އެދި ހުށައެޅުމުން ދިން ޖަވާބުގައެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމަށް ގާނޫނު ފާސްކޮށްފައި ވަނީ މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. މި އިނާޔަތް ދޭން ފަށާފައިވަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ. އެ ހިސާބުން ފެށިގެން މިއަދާއި ހަމައަށް، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ބޭސް ފަރުވާ، ދިރިއުޅޭ ތަނުގެ ހަރަދު. އޮފީސް ހިންގުމުގެ ހަރަދު އަދި މާލީ އިނާޔަތުގެ ގޮތުގައި 54.4 މިލިޔަން ރުފިޔާ ރައްޔިތުންގެ ފައިސާއިން ހޭދަކޮށްފައި ވެއެވެ.

advertisement

ރައީސް މުހައްމަދު ނަޝީދު އަށް ހޭދަކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަން ނިމުނު ހިސާބުން މިއަދާއި ހަމައަށް 33 މިލިޔަން ރުފިޔާއެވެ.

ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ ފައިސާއިން 33 މިލިއަން ރުފިޔާ

ރައީސް ޑރ. މުހައްމަދު ވަހީދު އަށް އިނާޔަތުގެ ގޮތުގައި ހޭދަކޮށްފައިވަނީ 23.3 މިލިޔަން ރުފިޔާއެވެ. ރައީސް ޔާމީނު އަބްދުލް ގައްޔޫމަށް ހޭދަކޮށްފައިވަނީ 4.35 މިލިޔަން ރުފިޔާއެވެ.

ރައީސް ޑރ. ވަހީދަށް ރައްޔިތުންގެ ފައިސާއިން 23 މިލިއަން ރުފިޔާ

ހުރިހާ ރައީސުންނަކީ ވެސް މާލޭގައި އަމިއްލަ ގެދޮރު ހުންނަ ބޭފުޅުން ނަމަވެސް، މި 4 ރައީސުންގެ “ދިރިއުޅުއްވާ ތަނުގެ” ހަރަދުގެ ގޮތުގައި 20 މިލިޔަން ރުފިޔާ ދައުލަތުން މިހާތަނަށް ހޭދަކޮށްފައިވެއެވެ.

ރައީސް މައުމޫނު، ރައީސް ނަޝީދު އަދި ރައީސް ޔާމީނަކީ ރާއްޖޭގައި މިވަގުތު އޮތް ބޮޑު ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނެވެ. ސިޔާސީ ޕާޓީ ތައް ހިންގުމަށް ރައްޔިތުންގެ ފައިސާއިން ކޮންމެ އަހަރަކު ޕާޓީތަކަށް ފައިސާ ދޭ ހިނދު، މި ރައީސުންގެ “އޮފީސް” ހިންގުމުގެ ހަރަދަށް ވެސް ރައްޔިތުންގެ ފައިސާއިން ކޮންމެ އަހަރަކު 6.3 މިލިޔަން ރުފިޔާ ހޭދަކުރަމުން ދެއެވެ.

ރައީސް މައުމޫނަށް ރައްޔިތުންގެ ފައިސާއިން 54 މިލިއަން ރުފިޔާ

ރައީސް ޔާމީނު އަށް އޮފީސް ހިންގުމުގެ އިނާޔަތް ލިބިވަޑައިގަންނަވާ ކަމަށް ފިނޭންސް އިން ހިއްސާ ކުރި ހިސާބުތަކުން ނުފެނެއެވެ.
ރައްޔިތުންގެ އެތަކެއް އަސާސީ ބޭނުންތަކެއް ނުފުދިފައި ތިބި އިރު، މިހާ ގިނަ ފައިސާ ރައްޔިތުންގެ ބައިތުލް މާލުން ކުރީގެ ރައީސުންނަށް ކޮންމެ މަހަކު ހޭދަކުރުމަކީ ކޮންމެހެން ބޭނުންކަމެއް ތޯއެވެ؟

ރައީސް ޔާމީނަށް ރައްޔިތުންގެ ފައިސާއިން 4 މިލިއަން ރުފިޔާ

އެބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުން ރައްޔިތުންނަށް ފައިދާ ކުރޭތޯއެވެ؟ ނުވަތަ އެންމެ ރަނގަޅު ގޮތަކީ ހާއްސަ ޕެންޝަން ނަންގަވައިގެން ސިޔާސީ ހަރަކާތްތަކާއި ދުރުގައި މި ރައީސުން ތިއްބެވުންތޯއެވެ؟

ރިއެކްޝަންސް
0
0
0
1
0
0
1