ހަކުރު ބަލީގެ ސަބަބުން މީހާގެ މޫޑަށް ވެސް އަސަރު ކުރޭ

21 އޯގަސްޓް 2022 - 9:45

ހަކުރު ބަލީގެ ސަބަބުން ހަމައެކަނި އަސަރުކުރަނީ މީހާގެ ހަށިގަނޑަށް ކަމަށް ބައެއް މީހުންނަށް ހީވެދާނެއެވެ. ނަަމަވެސް ހަކުރު ބަލީގެ ސަބަބުން މީހާގެ މޫޑަށާއި، ނަފްސާނީ ދުޅާހެޔޮކަމަށްވެސް އަސަރުކުރެއެވެ.

ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު މާބޮޑަށް ދަށްވުމުން ނުވަތަ މާބޮޑަށް މަތިވުމުން މީހާގެ މޫޑަށް ބަދަލުއާދެއެވެ. ސްޓްރެސްވުމާއި، ޑިޕްރެޝަންއަށް ދިއުމާއި، އެންޒައިޓީއާވެސް ހަކުރު ބަލީގެ ސަބަބުން މީހާއަށް ކުރިމަތިވެއެވެ.

advertisement

ހަކުރު ބަލި ކޮންޓްރޯލްކޮށް ގެންގުޅުމަކީ މީހާއަށް އަންނަ މިފަދަ ބަދަލުތަކަށް ހައްލެއް ގެނައުމަށް ކުރެވޭނެ އެންމެ މުހިންމު ކަމެވެ. އެހެންކަމުން ގަވައިދުން މީހާގެ ނަފްސާނީ ދުޅަހެޔޮކަން ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަކުރު ބަލީގެ ސަބަބުން މީހާގެ މޫޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް އެންމެ މުހިންމީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށް ބަހައްޓަން މަސައްކަތް ކުރުމެވެ. މީގެ ސަބަބުން މާބޮޑަށް ހަކުރު މަތިވުމާއި ހަކުރު ދަށްވުމުން ސަލާމަތްވާނެއެވެ. އޭގެ ސަބަބުން މީހާގެ މޫޑަށް އަންނަ ބަދަލުތައް ކުޑަވެގެންދާނެއެވެ.

ހަށިގަނޑުގައި ހަކުރު ހުންނަންޖެހޭ މިންވަރަކީ ކޮބާ؟

ކެއުމުގެ ކުރިން: 80 ނުވަތަ 130 މިލިގްރާމް ޕަރ ޑިސިލިޓަރ

ކެއުމުގެ ގަޑިއިރުތަކެއް ފަހުން: 180 މިލިގްރާމް ޕަރ ޑިސިލިޓަރ

ހަށިގަނޑުގައި ހަކުރު މާދަށްވުމުން ވާނީ ކިހިނެތް؟

 • ކޮންފިއުޒްވުން
 • ބިރުގަނެ ހާސްވުން
 • ބަނޑުހައިވުން
 • ތުރުތުރުއެޅުން
 • ވަރުބަލިވުން
 • ދާހިތްލުން

ހަކުރު މާމަތިވުމުން މީހާއަށް ވާނީ ކިހިނެތް؟

 • ރުޅިއައުން
 • ހާސްވުން
 • ދެރަވުން
 • އަނބުރައިގަތުން
 • ކަރުހިތްކުން
 • ވަރުބަލިބުން
ރިއެކްޝަންސް
0
3
0
33
2
0
0