ހޫނުގަދަ ވުމުގެ ސަބަބުން ބޮލުގައި ރިއްސުމާއި މައިގްރެއިން މައްސަލަތައް ގިނަވޭ

21 އޯގަސްޓް 2022 - 9:58

ބޮލުގައި ރިއްސުމާއި މައިގްރޭންއަކީ ވަރަށް އާންމު 2 ކަމެވެ. އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާގޮތުގައު އެ ޤައުމުގައި އުޅޭ 20 އިންސައްތަ އަންހެނުން އަދި 10 އިންސައްތަ ފިރެހެނުންނަށް ބޮލުގައި ރިއްސުމާއި މައިގްރޭންގެ ވޭން ތަހައްމަލް ކުރަންޖެހެއެވެ.

ހޫނުގަދަ ވުމުގެ ސަބަބުން ބޮލުގައި ރިހުމުގެ އިތުރުން މައިގްރޭންގެ މައްސަލަ ދިމާވާ  މީހުންގެ އަދަދުވެސް ނުހަނު އިތުރެވެ. އެމެރިކާގައި ހެދި ދިރާސާއިން ދައްކާގޮތުގައި ހޫނުގަދަ މޫސުމުގައި އެޤައުމުގެ 18 އިންސައްތަ އަންހެނުން އަދި 6 އިންސައްތަ ފިރެހެނުންނަށް މައިގްރޭންގެ މައްސަލަތައް ދިމާވެއެވެ.

advertisement

އާންމުގޮތެއްގައި ހޫނު މޫސުމުގައި ބޮލުގައި ރިއްސުން އާންމުކަމަށް ވަނީ ފާހަގަކުރެވިފައެވެ. ހޫނުގަދަ ވުމުގެ ސަބަބުން ގިނަ ސަބަބުތަކަކާއިހުރެ ބޮލުގައި ރިއްސުން އާންމުކަމަށް ހޯދުންތަކުން ދައްކައެވެ. އޭގެތެރޭގައި ޑީހައިޑްރޭޓްވުމާއި، ޖައްވު ނުސާފުވުމާއި، މާބޮޑަށް ހޫނުގަދަވުން ހިމެނެއެވެ. ހޫނުގަދަ ދުވަސްތަކުގައި ބޮލުގައި ރިހުން އިތުރުވެ ހީޓް ސްޓްރޯކް ޖެހޭ މީހުންގެ އަދަދުވެސް ގިނައެވެ.

ހޫނުވުމުގެ ސަބަބުން ބޮލުގައި ރިއްސާނަމަ ބޮލުގެ ފަހަތުގައި ރިހުމެއް ހުރެއެވެ. އަދި ބޮލުގައި ރިހެން މެދުވެރިވާ ސަބަބުގެ ގޮތުން ބޮލުގެ އެތެރެއަށްވެސް ރިހުން އަރައެވެ.

ހޫނުގަދަ ވުމުން ބޮލުގައި ރިއްސުމުގެ އަލާމާތްތަކުގެ ތެރޭގައި:

  • ޑިޒީނަސް
  • މަސްގަނޑުގައި ރިއްސުން
  • ބޮލަށް އެނބުރުން އެރުން
  • މާބޮޑަށް ކަރުހިތްކުން

ހޫނުގަދަވުމުން ބޮލުގައި ރިއްސުމަށް ދެވޭނެ ހައްލަކީ ކޮބާ؟

  • އަވީގައި އުޅޭ ވަގުތު މަދުކުރުން
  • ބޭރުގައި އުޅޭއިރު އަވިއައިނު އެޅުން
  • ބޮލުގައި ތޮތްޕެއް އެޅާ ބޯނިވާކުރުން
  • ކަސްރަތުކުރާއިރު އިންޑޯގައި ކުރުން
  • ގިނައިން ފެން ބުއިން
ރިއެކްޝަންސް
1
2
0
0
0
0
0