މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

21 އޯގަސްޓް 2022 - 18:18

އެޑިޓަރުންނާއި ނޫސްވެރިންގެ ޓީމެއް ތަމްރީނަށް އިންޑިއާއަށް

ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބުނު ފުރުސަތަކަށް ދިވެހި އެޑިޓަރުންނާއި ނޫސްވެރިންގެ ޓީމެއް އިންޑިއާއަށް ފުރައިފިއެވެ.

advertisement

އިސްލާމިކް މިނިސްޓަރ ތ.ވިލުފުށި ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަަލީ، ތ.ވިލުފުށި ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި އެވެ.

މާފުށީ ކުނިކޮށްޓަށް ޖަމާކުރެވި އެތައްދުވަހެއްވީ ކުނިފުނި ނައްތާލައިފި

މާލެއަތޮޅު މާފުށީ ކުނިކޮށްޓަށް ޖަމާކުރެވި އެތައްދުވަހެއްވީ ކުނިފުނި ފުރަތަމަ ފަހަރަށް އެއްކޮށްހުސްކޮށް ނިމިއްޖެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއްވައިފި އެވެ. މިކުނިތައް ގެނެވޭނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށެވެ. 900އަށްވުރެ ގިނަޓަނުގެ އެކިބާވަތުގެ ކުނި ހިމެނެ އެވެ މިކުނިފުނި ހުސްކުރީ މިނިސްޓްރީން ވެމްކޯއާއި ހަވާލުކޮށްގެނެނެވެ.

8 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓު ތަރައްޤީކުރަނީ

8 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓު ތަރައްޤީކުރުމަށް ޓްރިޕަލް އެއިޓް އަދި ބްރިލިއަންޓް ކޮމްޕެނީ އާއެކު ވަނީ ސޮއިކުރެވިފައެވެ. އެ ރަށްތަކަކީ، ހއ.ހޯރަފުށި، ހދ.ވައިކަރަދޫ، ހދ.ކުރިނބީ، ނ.މާފަރު، ބ.ކިހާދޫ، ބ.ދަރަވަންދޫ ، ޅ.ކުރެންދޫ އަދި އއ.ހިމަންދޫ އެވެ.

އދ. އޮމަދޫގައި ހޯމް ގާޑެނިންގ އެންޑް ހައިޑްރޮފޮނިކްސް ޓްރެއިނިންގ ޕްރޮގްރާމެއް

38 ބައިވެރިންނާއި އެކު އދ. އޮމަދޫގައި ހޯމް ގާޑެނިންގ އެންޑް ހައިޑްރޮފޮނިކްސް ޓްރެއިނިންގ ޕްރޮގްރާމެއް ފިޝަރީސް މިނިސްޓްރީން ފަށައިފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0