ދަރިއަކު ހޯދުމުގެ ކުރިން ފިރިހެނުން ކުރަންޖެހޭ ކަންކަން

22 އޯގަސްޓް 2022 - 12:31

ދަރިއަކު ހޯދުމަށްޓަކައި މިހާރަކަށް އައިސް ގިނަބަޔަކަށް ވަނީ އުނދަގޫތަކާއި ކުރިމަތިވެފައެވެ. ބައެއް ފަހަރު ދަރިއަކު ހޯދަން މަސައްކަތްކުރާއިރު ފިރެހެން މީހާގެ ސަބަބުންވެސް ދަރިއަކު ނުލިބު ހުރެއެވެ. އެހެންކަމުން ދަރިއަކު ހޯދަން މަސައްކަތްކުރާއިރު ފިރެހެނުންވެސް އެމީހުންގެ ސިއްހަތަށާއި އަދި ކެއުމަށް ސަމާލުކަން ދޭންޖެހެއެވެ. މިއާޓިކަލްގައި މި ބަލާލަނީ ފިރެހެނުންގެ ދަރިފަނި ވަރުގަދަކުރުމާއި އަދި ދަރިއަކު ހޯދުމަށް ބާރުއެޅުމުގެ ގޮތުން ފިރެހެނުންނަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

ގަވައިދުން ކަސްރަތުކުރުން

ކަސްރަތުކުރުމުގެ ސަބަބަބު ހަމައެކަނި މީހާގެ ދުޅާހެޔޮކަން އިތުރުވުމުގެ އިތުރުން މިއީ ދަރިން ހޯދުމަށްވެސް މަގުފަހިކުރުވާ ކަމެކެވެ. ނަމަވެސް މާގަދައަށް ކަސަރަތުކުރާނަމަ އެކަމުގެ ނޭދެވޭ އަސަރުކުރުމަކީވެސް ގާތްކަމެކެވެ.

advertisement

ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ސީ ހޯދުން

ވިޓަމިން ސީއަކީ މީހާގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ އެއްޗެކެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ވިޓަމިންސީ ބޭނުންކުރުމުގެ ސަބަބުން ފިރެހެނުންގެ ފަރޓިލިޓީ ލެވެލް އިތުރުކޮށްދެއެވެ. ދަރިން ލިބުމަށް އުނދަގޫވެފައިވާ ފިރެހެނުން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި 1000 މިލިގްރާމްގެ ވިޓަމިންސީ 2 ގަވައިދުން ކޮންމެ ދުވަހަކު ބޭނުންކުރާ މީހުންނަށް ދަރިން ލިބުމުގެ ފުރުސަތު ވަނީ އިތުރުވެފައެވެ.

ސްޓްރެސްވުމާއި ދުރުވުން

މާބޮޑަށް ސްޓްރެސް ވުމަކީ އަނބިފިރިކަމުގެ ގުޅުމުން ފިރެހެނުންނަށް ހިތްހަމަޖެހުން ނުލިބި އަދި ދަރިން ލިބުމަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން ދަރިން ހޯދަން މަސައްކަތްކުރާ ފިރެހެނުން ސްޓްރެސް މެނޭޖްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސްޓްރެސް މެނޭޖްކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ގުދުރަތީ މުއްސަނދުކަން ލިބިފައިވާ ތަނެއްގައި ހިނގާލުން، ކަސްރަތުކުރުން، ރަހުމަތްތެރިންނާއިއެކު ވަގުތު ހޭދަކުރުން ފަދަ ކަންކަން ހިމެނެއެވެ.

ރިއެކްޝަންސް
2
4
13
2
1
1
2