ހިއުމެނިޓޭރިއަން ޑޭ 2022 އާއި ގުޅިގެން އެޗްޑީސީން ހާއްސަ ހަރަކާތެއް ބާއްވައިފި

25 އޯގަސްޓް 2022 - 10:06

ހިއުމެނިޓޭރިއަން ޑޭ 2022 އާއި ގުޅިގެން އެޗްޑީސީ އިން ވަނީ ހާއްސަ ހަރަކާތެއް ބާއްވާފައެވެ. އެގޮތުން މިފަހަރުގެ ހިއުމެނިޓޭރިއަން ޑޭ ގެ ތީމަކީ “އިޓް ޓޭކްސް އަ ވިލެޖް” އެވެ. މި ތީމާއި ގުޅުވައިގެން އެޗްޑީސީގެ ފަރާތުން މިއުރަލް ކުރެހުމެއް ވަނީ ކުރަހާފައެވެ.

މިއުރިއަލްއިން ދައްކުވައިދެނީ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުން ރައްޔިތުންގެ ގުޅުމާއި ހިއްވަރާއި އެއްބައިވަންތަކަން | ފޮޓޯ: އެޗްޑީސީ

މިފަހަރުގެ މި ތީމާއި ގުޅުވައިގެން މި ކުރެހުމުން ދައްކައިދެނީ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުން ރައްޔިތުންގެ ގުޅުމާއި ހިއްވަރާއި އެއްބައިވަންތަކަން އާލާކޮށްދޭކަމެއްކަމެވެ.

advertisement

މި ކުރެހުން ކުރަހާފައިވަނީ، ކޮމާޝަލް ބްލޮކް ޑީ ގެ ބަސް ސްޓޭޝަން ކައިރީ ހުންނަ ފާރުގައެވެ. މިއީ، ގިނަ ބަޔަކު އެއްވާ ތަނަކަށް ވުމާއިއެކު، މި ތަނުގައި މި ކުރެހުން ބެހެއްޓުމުން ގިނަ ބަޔަކަށް މިކުރެހުން ފެނިގެންދާނެއެވެ. މި ކުރެހުން ކުރަހާފައިވަނީ އެޗްޑީސީގެ ލީޑް އަރބަން ޑިޒައިނަރ މުހައްމަދު ރައްޒާންއެވެ.

އެޗްޑީސީގެ ފަރާތުން މިހާރުވެސް ދަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވާމުން | ފޮޓޯ: އެޗްޑީސީ

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައިވެސް އެޗްޑީސީގެ ފަރާތުން އެކި ތީމްތަކަށް ހަރަކާތްތަކެއްވަނީ ބާއްވާފައެވެ. މިފަދަ ހަރަކާތްތަކުން ޒުވާނުންގެ ފޯރިއާއި ޖޯށު އާލާވެގެންދެއެވެ. އެޗްޑީސީގެ ފަރާތުން މިހާރުވެސް ދަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ.

އެޗްޑީސީގެ ލީޑް އަރބަން ޑިޒައިނަރ މުހައްމަދު ރައްޒާން | ފޮޓޯ: އެޗްޑީސީ

މިގޮތުން އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްދާ ކަންތައްތަކުން މުޖުތަމައުގައި އުފާވެރި މައުހައުލެއް ބިނާވެގެންދާނެކަމުގައި އެ ކޯޕަރޭޝަނުން ގަބޫލުކުރަމެވެ. އަދި މުސަތަޤްބަލުގައިވެސް ހުރިހާ އުމުރުފުރަޔަކަށް އަމާޒުކޮށްގެން ގިނަގުނަ ކަންތައްތައް މި ކޯޕަރޭޝަންގެ ފަރާތުން ކުރަމުންދާނެކަން އެޗްޑީސީން ފާހަގަކޮށްލި އެވެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0