ބަނޑުގައި ވައި ހެދުމާއި މޭ އަންދާގޮތް ވާނަމަ ކެއުން ރަނގަޅޫ ނޫން ކާނާ

25 އޯގަސްޓް 2022 - 12:32

ވައިހެދުމާއި މޭއެންދުމަކީ ވަރަށް އާންމުކޮށް މީހުންނަށް ދިމާވާ ކަމެކެވެ. މިކަން ދިމާވުމަށް ގިނަ ސަބަބުތަކެއް އެކުލެވިގެންވެއެވެ. އޭގެތެރެއިން ބައެއް ސަބަބުތަކުގެ ތެރޭގައި:

 • މީހާ މާބޮޑަށް ފަލަވުން
 • މާބަނޑުވުން
 • ހަކުރުބަލި ހުރުން
 • ދުންފަތުގެ އިސްތިއުމާލުކުރުން

މޭއެންދުން ނުވަތަ ވައިއެރުމަކީ މީހާގެ ދިރިއުޅުމަށް ގެނެވޭ ކުޑަކުޑަ ބަދަލެއްގެ ސަބަބުން ހެޔޮ ބަދަލެއް ގެނެވިދާނެ ކަމެކެވެ. އެގޮތުން މިކަން މެދުވެރިވާ މީހުންނަށް ކުރެވިދާނެ ބައެއް ކަންކަން ހިމަނާލާނަމެވެ.

advertisement
 • ކެއުމަށްފަހު 3 ގަޑިއިރު ހަމަނުވަނީސް އެނދުގައި ނުވަތަ އެނޫންވެސް ތަނެއްގައި ނޯށޯތުން.
 • އެއްފަހަރާ މާގިނައިން ނުކެއުން.
 • ބަނޑަށް ވާންވާވަރު ކުޑަކުރުމަށް ދޫޖިންސް ފަދަ އެއްޗެހި ލުން.
 • ބަރުދަން ލުއިކުރުމަށް ކަސްރަތުކުރުން.
 • ދުންފަތުގެ އިސްތިއުމާލު ނުކުރުން.
 • އެނދުގެ ބޯލާކޮޅު 6 ނުވަތަ 8 އިންޗިއަށް އުފުލާލުން.

ކެވޭ ބައެއް ތަކެތީގެ ސަބަބުންވެސް މޭއެންދުމާއި ވައިއެރުމަށް މަގުފަހިވެއެވެ. އެހެންކަމުން އެފަދަ ކެއުންތަކާއި އަދި ބުއިންތަކުން ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެފަދަ ބައެއް ތަކެތީގެ ތެރޭގައި ހިމެނެނީ:

 • ފެޓީ ނުވަތަ ތެލުލާފައި ހުންނަ ކާނާ
 • އަލްކަހޯލް
 • ކޮފީ
 • ސޯޑާ
 • ޗޮކްލެޓް
 • ލޮނުމެދު
 • ފިޔާ
 • ސިޓްރަސް ފުރުޓް
 • ޕެޕަރމިންޓް
 • ޓޮމާޓޯ ސޯސް
ރިއެކްޝަންސް
7
23
3
27
7
6
10