ދިލަޖެއްސި މަސް ނުވަތަ ވަޅޯމަސް ކެއުމަށް ރައްކާތެރިތަ؟

30 އޯގަސްޓް 2022 - 9:48

މަހުގެ ބާވަތްތަކަކީ އަހަރެމެންގެ ދިވެހިންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ބާވަތެކެވެ. ޙާއްސަކޮށް ވަޅޯމަހަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ކަހަލަ ގޮތަކަށް ދިވެހިން ބޭނުންކޮށް އުޅޭ ބާވަތެކެވެ. ނަމަވެސް ދިލަޖައްސާފައި ހުންނަ ވަޅޯމަހަކީ ކެއުމަށް އެންމެ ރައްކާތެރި އެއްޗެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

ދާދިފަހުން މީހަކު ވަނީ ޓްވިޓަރގައި ދިލަޖައްސައިގެން ހިއްޖާފައިވާ ވަޅޯމަހަކީ ސިއްހަތައް ފައިދާހުރި އެއްޗެއްތޯ ސުވާލު އުފައްދާފައެވެ. އެގޮތުން ދަރުން ދިލަ ޖައްސައިގެން ހިއްކާފައިވާ ވަޅޯމަހުގައި ކަރސިނޮޖެން ކިޔާ ބާވަތެއް އެކުލެވޭ ކަމަށް ވަނީ ބުނެފައެވެ. މިއީ ދުމުން އުދެދޭ މާއްދާއެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބެއެވެ. އެގޮތުން ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

ރާއްޖޭގައިވެސް ދަރުން ދިލަ ޖައްސައިގެން ހިއްކާފައިވާ މަސް ވިއްކަން ބާޒާރުގައި ހުރެއެވެ. އެހެންކަމުން އާންމުން ވަނީ މިއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީން އެޕްރޫވްކޮށްފައިވާ އެއްޗެއްތޯ ސުވާލުއުފައްދާފައެވެ.

ރިއެކްޝަންސް
0
3
4
35
5
1
3