ގޯލްޑް 100 ގާލާގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް

31 އޯގަސްޓް 2022 - 12:49

ކޯޕަރޭޓް މޯލްޑިވްސް “ގޯލްޑް 100 ގާލާ” 2022 ގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ. ގޯލްޑް 100 ގާލާއަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ހޮވުމަށް ބާއްވާ އިވެންޓެކެވެ. މިއަހަރުގެ ގޯލްޑް 100 ގާލާ އޮންނާނީ 6 އޮކްޓޯބަރގައި ކްރޮސްރޯޑް މޯލްޑިވްސްގައެވެ.
މިއަހަރުގެ ގޯލްޑް 100 ގާލާގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސާފައިވާއިރު މިއީ ބީއެމްއެލްއިން ގޯލްޑް 100 ގާލާގެ ޕްލެޓިނަމް ޕާޓްނަރަކަށްވި 6 ވަނަ އަހަރެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިންގެ ޙިދުމަތް ދެމުންއަންނަ ކުންފުންޏެވެ. ބީއެމްއެލްއިން އަންނަނީ ވިޔަފާރި ފެށުމާއި އަދި ވިުޔަފާރިތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިންގ ތައާރަފްކުރި ކުންފުންޏެވެ. އަދި އެންމެ ފުރަތަމަ 24 ގަޑިއިރުގެ ސެލްފް ސަރވިސް ބޭންކިންގ ވެސް ތައާރަފްކުރީ ބީއެމްއެލްއިންނެވެ. މީގެއިތުރުންވެސް ބީއެމްއެލްއަކީ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޑެބިޓް، ކްރެޑިޓް، އަދި ޕްރޮޕެއިޑް ކާޑު އިޝޫކުރި ފުރަތަމަ ބޭންކެވެ.

މިއީ ގޯލްޑް 100 ބާއްވާ 6 ވަނަ އަހަރެވެ. މިއަހަރުގެ ގޯލްޑް 100 ގާލާގައި ގޯލްޑް 100 އެވޯޑް ދިނުމާއި، މެގަޒިން ނެރުން ހިމެނެއެވެ.
ގޯލްޑް 100 ގާލާއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ އެންމެ އިސްފަރާތްތައް ބައިވެރިވާ ނެޓްވޯކިންގ އިވެންޓެކެވެ. މި އިވެންޓުގައި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0