ފީފާ ވޯލްޑް ކަޕާ ދިމާކޮށް ކޮކާކޯލާއިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް!

4 ސެޕްޓެމްބަރ 2022 - 13:48

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ފާހަގަކުރުމަށް ކޮކާ-ކޯލާ އިން ރާއްޖޭގައި އަނެއްކާވެސް ފޯރިގަދަ ފުޓްބޯޅަ ސީޒަނެއް ފާހަގަކުރަން ނިންމައި، ރާއްޖޭގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮކާ-ކޯލާއިން ވަނީ، ހަޔާތުގެ އެއް ފަހަރު ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިންތިޒާރު ކުރެވޭ އެއް ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ™ ހަގީގީ ޖާދޫ ތަޖުރިބާކޮށްލަން ދިއުމުގެ ފުރުސަތު ހޯދުމަށް، ރާއްޖޭގައި ތިބި ސަޕޯޓަރުންނަށް މިއަދުން ފެށިގެން ދައުވަތު ދީފަ އެވެ.

advertisement

ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ގަންނަ ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ނުވަތަ ސްޕްރައިޓްގެ ރީނދޫ ކުލައިގެ މަތިގަނޑު ޖެހި ޕެޓް ފުޅީގެ މަތިގަނޑުގެ ދަށުގައި ހަ ނަމްބަރުގެ ކޯޑެއް އިންނާނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ހަ ނަމްބަރުގެ ކޯޑު 2626 އަށް ފޮނުވައިގެންނެވެ. ކޯޑެއް ފޮނުވާ ކޮންމެ ފަހަރަކު އިނާމު ލިބުމުގެ ފުރުސަތު ބޮޑުވަމުން ދާނެ އެވެ! ކޮކާ-ކޯލާ އާއި ފީފާގެ ޒަމާންވީ ގުޅުން ދައްކުވައިދިނުމަށް، އާންމުކޮށް މި ފުޅިތަކުން ފެންނަ ލޭބަލާ ތަފާތު، ވަކިން ހާއްސަ ލޭބަލެއް ވަނީ ހިމަނާފަ އެވެ.

މި ޕްރޮމޯޝަންގެ ތެރެއިން 8 ފަރާތަކަށް އިތުރު މީހަކު ގޮވައިގެން ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ގެ މެޗެއް ލައިވްކޮށް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކޮންމެ ހަފްތާއަކު ގޭމިން ކޮންސޯލެއް ނުވަތަ މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ ‘އަލް ރިހްލާ ޕްރޯ’ މަރުކާގެ ބޯޅައެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. ބައެއް މީހުންނަށް އާއިލާ އާއި ރަހުމަތްތެރިންނާ އެކު އެ މީހުންގެ ގޭގައި ތިބެގެން ވޯލްޑް ކަޕް ބަލާއިރު ކޮކާ-ކޯލާގެ މީރު ރަހައަށް އިންސާފުކޮށްލުމަށް ކޮކާ-ކޯލާ ކޭސްތައް ވެސް ކާމިޔާބު ކުރެވިދާނެ އެވެ. ކޮންމެ ދުވަހެއްގެ އަދި ކޮންމެ ހަފްތާއެއްގެ ނަސީބުވެރިން ހޮވާނީ، ސެޕްޓެމްބަރު 10 އިން ފެށިގެން އަށް ހަފްތާ ވަންދެން، ކޮންމެ ހޮނިހިރު ދުވަހެއްގެ 19:45 އިން 19:55 އަށް ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) މެދުވެރިކޮށް ވަގުތުން ގެނެސްދޭ ގުރުއަތެއްގަ އެވެ. އިތުރު މައުލޫމާތު ހޯދުމަށް ފޭސްބުކް އަދި އިންސްޓަގްރާމްގައި @cocacolamaldives ފޮލޯކޮށްލާށެވެ.

ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ، “ކޮކާ-ކޯލާ އާއި ފުޓްބޯޅައާ ވަނީ ގުޅިލާމެހިފައި. ފީފާ ވޯލްޑް ކަޕް ގަތަރު 2022™ގެ ސީޒަން ރާއްޖޭގައި ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ދިވެހިންނަކީ ފުޓްބޯޅައަށް ވަރަށް ޝައުގުވެރިވާ ބައެއް. ދިވެހިންގެ މި ޝައުގުވެރިކަމުގައި ކޮކާ-ކޯލާ އިން ހިއްސާކުރާ އިރު، މިހާރު އަގުހުރި އިނާމުތަކެއް ވެސް ހޯދިދާނެ. ކުރިއަށް އޮތް ތިން މަސްދުވަހަށް އަޅުގަނޑުމެން ރާވާފައިވާ ޕްރޮމޯޝަންތަކާއި މުބާރާތްތައް އަދި އެކި ހަރަކާތްތަކުން ދައްކުވައިދެނީ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ފީފާ ވޯލްޑް ކަޕް™ގެ އުފާވެރިކަމާއި ހަގީގީ އިހުސާސްތައް އެ މީހުންގެ ގޭދޮށަށް ގެނެސްދިނުމާ އެކު، ފުޓުބޯޅަ އަކީ ހަގީގަތުގައި ވެސް މުޅި ދުނިޔޭގެ ކުޅިވަރެއްގެ ގޮތުގައި ހެދުމަށް ކޮކާ-ކޯލާ އިން ދޭ އަހައްމިއްޔަތުކަން.”

ނޮވެމްބަރު މަހު ގަތަރުގައި މި މުބާރާތް ފަށާއިރު، ކޮކާ-ކޯލާ އިން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް މެޗުތައް ދެއްކުމާއި ޝައުގުވެރި ޕްރޮމޯޝަންތަކާ އަދި މި ނޫން ވެސް އެތައް ކަމެއް މެދުވެރިކޮށް ފީފާ ވޯލްޑް ކަޕް™ގެ ތަޖުރިބާ ގެނެސް ދެމުން ދާނެ އެވެ. ހަމަ އެއާ އެކު، ‘ކޮކާ-ކޯލާ ފޭން ޒޯން’ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ވެސް ވަރަށް އަވަހަށް ތައާރަފް ކުރާނެ އެވެ. މި ވެބްސައިޓް މެދުވެރިކޮށް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ ވައުދުތައް ވެގެން އެ މީހުންގެ އެންމެ ލޯބިވާ ޓީމަށް އޮތް ލޯބި ދައްކާލެވޭނެ އެވެ. ރާއްޖެ މަޝްހޫރުވެފައި ވަނީ ފުޓްބޯޅައަށް އޮތް ޝައުގެއްގެ ބޮޑުކަމުން ކަމަށް ވާއިރު، ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ސީޒަންގެ ކޮންމެ ހަރުފަތެއްގައި ވެސް ކޮކާ-ކޯލާ އިން ރާއްޖޭގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދެމުން ގެންދާނެ އެވެ.

ކޯކެއް ހިފައިގެން، ރަހުމަތްތެރިންނާއި އާއިލާއާ އެކު އެއް ތަންވެލައި، ފީފާ ވޯލްޑް ކަޕް ގަތަރު 2022™ގެ މެޗުތައް ލައިވްކޮށް ބަލާލައި އަގުހުރި ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގަންނާށެވެ. ފީފާ ވޯލްޑް ކަޕް™ އެންމެ ފަހުގެ އަޕްޑޭޓްތަކާއި ޕްރޮމޯޝަންތަކާ ބެހޭ މައުލޫމާތު ހޯދުމަށް ކޮކާ-ކޯލާ މޯލްޑިވްސްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖު ފޮލޯކޮށްލާށެވެ.

ކޮކާ-ކޯލާ ކުންފުންޏަކީ ފީފާގެ އެންމެ ގިނަ ދުވަސްވީ ކޯޕަރޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 1974 ވަނަ އަހަރު ރަސްމީ ސިފަ ޖެހިގެން ދިޔަ މި ގުޅުމުގެ ތެރެއިން، ކޮކާ-ކޯލާ އިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް™ގެ ކޮންމެ މުބާރާތެއް ވެސް ސްޕޮންސާކުރަމުންނެވެ. ކޮކާ-ކޯލާ އިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ފީފާ ވޯލްޑް ކަޕް™މުބާރާތެއްގައި ވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށްފަ އެވެ.

ކޮކާ-ކޯލާ އިން ވަނީ 2006 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ އިންތިޒާމްކޮށްފަ އެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ރާއްޖެއަށް ޒިޔާރަތްކޮށް، ފީފާ ޓްރޮފީއާ އެކު ދިވެހިންނަށް މި ތަފާތު ތަޖުރިބާ ލިބުމުގެ ޝަރަފު ވަނީ ލިބިގެން ގޮސްފަ އެވެ. މި ސީޒަނަށް، ފީފާ ވޯލްޑް ކަޕް™ ކާމިޔާބުކޮށްފައިވާ ކުޅުންތެރިން ކަމަށްވާ އިކަ ކަސިއެލާސް އާއި ކަކާ ވަނީ، ފުރަތަމަ ފަހަރަށް މި މުބާރާތަށް ކޮލިފައިވި 32 ގައުމު ހިމެނޭ ދަތުރެއްގައި ފީފާ ވޯލްޑް ކަޕް™ގެ އޮރިޖިނަލް ޓްރޮފީ ފުރުވާލާފަ އެވެ. ފީފާ ވޯލްޑް ކަޕް™ ޓްރޮފީގެ އޮރިޖިނަލް ޓްރޮފީ ދުބާއީގެ ކޮކާކޯލާ އެރީނާގައި ދައްކާލާފައި ވަނީ، 51 ގައުމަކާއި ސަރަހައްދަކަށް ދަތުރުކޮށް، ފަސް ވަނަ ދަތުރު ފެށުމުގެ ކުރިންނެވެ.

ރިއެކްޝަންސް
0
1
0
0
0
0
0