އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް އަހުމަދު އާތިފް
5 ސެޕްޓެމްބަރ 2022 - 10:39
އެޗްޑީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ވަނީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް އައްޔަންކުރެވިފައި ކަމަށް އެޗްޑީސީން މައުލޫމާތުދެއްވައިފި އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް އަހުމަދު އާތިފް އައްޔަންކުރެވުނީ 2019 ވަނަ އަހަރުގައެވެ. އަހުމަދު އާތިފް ވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝާރ އިން އެކައުންޓިންގ އިން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައެވެ. އާތިފް ވަނީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގަވެސް މަސައްކަތްކޮށްފައެވެ.
We are pleased to announce the appointment of Mr. Ahmed Athif, former Deputy Managing Director, as our new Managing Director effective today.
We believe that under his guidance and leadership, we will be able to take Housing Development Corporation on new heights. pic.twitter.com/rMlCMmSt4f— HDC (@hdcmaldives) September 4, 2022
އެގޮތުން، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި މަސައްކަތް ކޮށްފައިވެއެވެ. އާތިފް އެކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ވަނީ ރެޖިސްޓާރޑް އޮޑިޓަރ އަދި ޓެކްސް އެޖެންޓެއް ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. އެހެންކަމުން އެކައުންޓިންގ ދާއިރާގައި އާތިފްވަނީ 10 އަހަރު މަސައްކަތްކޮށްފައެވެ.
އެޗްޑީސީން މައުލޫމާތުދެނީ އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި އާތިފްގެ އިރުޝާދާއި ލީޑަޝިޕްގެ ދަށުން އެޗްޑީސީ އާ އުސްމިންތަކަކަށް ގެންދެވޭނެއެވެ. އަދި ހަމަ އެހެންމެ އާތިފްއަކީ ހިންގުންތެރި، އެންމެނާއި ގުޅިގެން މަސައްކަތްކުރާ ބޭފުޅެއް ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.