މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

5 ސެޕްޓެމްބަރ 2022 - 16:32

ތިން ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތް އަރުވައިފި

ގެމްބިޔާ، ގާނާ، އަދި ފެނަމާގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިފި އެވެ.

advertisement

ހދ. ހަނިމާދޫ “ބެލެނިވެރިންގެ ހިޔާ” ގެ ރޫފިންގް މަސައްކަތް ކުރިއަށް

ހދ. ހަނިމާދޫ “ބެލެނިވެރިންގެ ހިޔާ” ގެ ރޫފިންގް މަސައްކަތްތައް މިހާރު ދަނީ ކުރިއަށް. އަދި މޭޒާއި ބެންޗު ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. މިއީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

މޯޓިވޭޝަން ޓޯކް ގެ ނަމުގައި ދ. އަތޮޅު މަދަރުސާގައި ސެޝަންތަކެއް

ދ. މީދޫގައި ހުންނަ، އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޕޭރެންޓް ޓީޗަރ އެސޯސިއޭޝަން މެންބަރުންނަށް މައުލޫމާތު ދިނުމަށް މޯޓިވޭޝަން ޓޯކް ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން އެ ސްކޫލްގެ ގްރޭޑް 6 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނުގައި، ކިޔަވާ ވަގުތުތަކުގައި ފިލާވަޅުތައް ރަނގަޅަށް އަޑުއެހުމާ އަދި ޓީޗަރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ ދެބައިކުޅަ އެއްބައި ނިންމައިފި

ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ 55 އިންސައްތަ ނިންމައިފި ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދީފި އެވެ.

ބ.އޭދަފުށީގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރަނީ

ބ.އޭދަފުށީގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ތްރީ ޓްރީ މޯލްޑިވްސް އާއެކު ވަނީ ސޮއިކުރެވިފައި ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދީފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0