މަންޓާ އެއަރގެ ޗާޓަރ ދަތުރުތައް ހޯރަފުއްޓަށް

7 ސެޕްޓެމްބަރ 2022 - 10:26

މަންޓާ އެއަރގެ ޓާޗަރު ދަތުރުތައް ހޯރަފުށީ އެއަރޕޯޓަށް ފަށައިފިއެވެ. ދަތުރު ފެށުމަށް ބޭއްވި ޓެސްޓް ޕްލައިޓް އިއްޔެ ވަނީ ބާއްވާފައެވެ.

މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެންމެ ފަހުން އެ ކުންފުނިން ގެނައި ބީޗް ކްރާފްޓްގެ ބޯޓެކެވެ. މަންޓާ އެއަރގެ ޗާޓަރ ދަތުރުތައް ހޯރަފުށީ އެއަރޕޯޓަށް ކުރަނީ ޖޭއޭ މަނަފަރު ރިސޯޓާއި ގުޅިގެންނެވެ. ކޮންމެ ދުވަހަކުވެސް 2 ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މަންޓާއިން ބުނެއެވެ. އަދި ޖާގަ އޮތް މިންވަރަކުން އާންމުންނަށްވެސް ފުރުސަތު ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ޑިމާންޑް އޮތް މިންވަރަކަށް ބަލައި ފްލައިޓްތައް އިތުރުކުރާނެކަމަށްވެސް މަންޓާއިން ބުނެއެވެ.

advertisement

މަންޓާ އެއަރއިން ހޯރަފުއްޓަށްކުރާ ޗާޓަރ ދަތުރުތަކުގައި ބޭނުންކުރާނީ 18 މީހުންގެ ޖާގައިގެ އެއަރކްރާފްޓެކެވެ. މި އެއަރކްރާފްޓް ޕްރައިވެޓް ޗާޓަރއަށްވެސް ހުޅުވާލާފައިވާކަމަށް މަންޓާއިން ބުނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0