ބީއެމްއެލް ސްމޯލް ގްރާންޓަށް މިމަހުގެ 15 ގެ ކުރިން ހުށައެޅޭނެ

7 ސެޕްޓެމްބަރ 2022 - 11:04

ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ‘ސްމޯލް ގްރާންޓް’ އަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ނިޔަލަށް ހަމަވާނެއެވެ.

މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250000 ރުފިޔާގެ ހިލޭ އެހީ ދިނުމަށްވަނީ ބީއެމްއެލުން ވަނީ ނިންމާފައެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތަކަށް ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށާއި، މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.
 
31 ޑިސެންބަރު 2021ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެއެވެ. މި ފަންޑިންގއަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލް އަދި ފަންޑިންގއަށް އެދި ހުށަހަޅާ ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0