އެންމެ ކާހިތްވާ ކާނާއިން ވެސް ޑިޕްރެޝަންއަށް މަގުފަހިވެދާނެ

7 ސެޕްޓެމްބަރ 2022 - 12:37

ހަކުރު ގިނައިން އެކުލެވޭ ބުއިންތަކާއި، ޕްރޮސެސްކޮށްފައިހުންނަ ކާނާއާއި ސްނެކްސްއަށް ގަޔާވާނަމަ ތިބާގެ ކެއުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހިފައިވާކަމަށް ފްލޮރިޑާގެ އެޓްލާންޓިކް ޔުނިވަރސިޓީއިން ކޮށްފައިވާ ދިރާސާއަކުން ވަނީ ދައްކާފައެވެ.

މި ޔުނިވަރސިޓީއިން ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކާނަމަ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށެވެ. އޭގެތެރޭގައި ޑިޕްރެޝަންއަށް ދިއުމާއި، އެންޒައިީއާއި މެންޓަލީ އަންހެލްތީ ދުވަސްތަކާއި ކުރިމަތިލާންޖެހޭކަމަށެވެ.

advertisement

އެކަޑަމީ އޮފް ނިއުޓްރިޝަން އެންޑް ޑައެޓީޓިކްސްއިން ޕްރޮސެސްކޮށްފައި ހުންނަ ކާނާ ބަޔާންކޮށްފައިވަނީ ކެއްކުމަށްފަހު ދަޅުގައި ބަންދުކޮށްފައި ގަނޑުކޮށްފައި، ޕެކެޓްކޮށްފައި، ހަލާނުވާނެގޮތައް އިތުރު މާއްދާތައް އަޅައިގެން ގިނަދުވަހަށް ހުންނާނެގޮތް ހަދާފައިވާ ކާނާއަށެވެ.

ޕްރޮސެސްކޮށްފައި ހުންނަ ހުރިހައި ކާނާގެ ބާވަތްތަތަކަކީ ސިއްހަތައް ގެއްލުން ހުރި ބާވަތްތަކެއް ނޫންކަމަށް އެ ހޯދުމުން ވަނީ ދައްކާފައެެވެ. އެ ބިނާވެފައިވަނީ ޕްރޮސެސްކޮށްފައި ހުންނަ ޑިގްރީގެ މައްޗަށެވެ.

މާބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ ކާނާގައި ނިއުޓްރިޝަން، ޕްރޮޓީން، ފައިބަރ، ވިޓަަމިންސް، މިނަރަލްސް ހުންނަ މިންވަރު ދަށްވާނެއެވެ. އޭގެބަދަލުގައި ކެލޮރީސް، ހަކުރު، ފެޓް އަދި ލޮނުގެ ބާވަތް އިތުރުވެއެވެ.

ޕްރޮސެސްކޮށްފައި ހުންނަ ކާނާއިން ޑިޕްރެޝަންއާއި އެންޒައިޓީއަށް

މިކަމާއި ގުޅޭ ހޯދުންތައް ހޯދުމަށް 18 އަހަރުން މަތީގެ 10،359 މީހުން ވަނީ ބައިވެރިކޮށްފައެވެ. އަދި އެމީހުން ކެއުމަށް ބޭނުންކޮށްފައިވާ ބާވަތްތައް ވަނީ ކެޓަގަރީ ތަކަށް ބަހާލާފައެވެ. އެގޮތުން ޕްރޮސެސް ނުކޮށް ހުންނަ ކާނާ، ޕްރޮސެސްކޮށްފައިހުންނަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާ، ޕްރޮސެސްކޮށްފައި ހުރި ކާނާ އަދި ވަރަށް ބޮޑަށް ޕްރޮސެސްކޮށްފައި ހުރި ކާނާ އެވެ.

މި ހޯދުން ފެންނަ ގޮތުގައި ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކާމިންހުންނަށް ނަފްސާނީ މައްސަލަތައް ދިމާވުން އެހެން ބާވަތްތަކުގެ ކާނާ ކާމީހުންނަށްވުރެ އިތުރެވެ. އޭގެތެރޭގައި އެންޒައިޓީ، އަދި ޑިޕްރެޝަން ހިމެނެއެވެ. މިހެން ދިމާވަނީ ޕްރޮސެސްކޮށްފައި ހުންނަ ކާނާގައި އިތުރު ކެމިކަލްސްތައް ހިމެނޭތީއެވެ.

މިކަމުގެ ހައްލެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކެއުމާއި ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމެވެ. ސަބަބަކީ އެފަދަ ކާނާގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް މީހާއަށް އަސަރުކުރާތީއެވެ. އަދި ސިއްހީ ގިނަ މައްސަލަތަކާއި ކުރިމަތިލާންޖެހޭތީއެވެ.

ރިއެކްޝަންސް
0
4
0
1
0
1
0