މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

7 ސެޕްޓެމްބަރ 2022 - 17:02

ޤައިދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް

ޖަލުތަކުގައި ތިބޭ ޤައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުޞަތު ނުދީ، އިޞްލާޙުކޮށް އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

advertisement

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ، ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތާއި ވޭރިއޭޝަން މަަަސައްކަތްތައް ކަމަށް އެމްޓީސީސީން މައުލޫމާތުދީފި އެވެ.

މި މަޝްރޫޢުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 345 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 28 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 525 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 72 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 5149 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައި ކަމަށްވެސް ހާމަކުރި އެވެ. މި މަޝްރޫޢަކީ 59.07 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކަންނެލި ދޯންޏެއް މ.އަތޮޅު ތެރެއިން ފަރަކަށް އަރައިފި

“ބަރަކާތު” ނަމަކަށް ކިޔާ ކަންނެލި ދޯންޏެއް މ.އަތޮޅު ތެރެއިން ފަރަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑު ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފި އެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 07:06 ހާއިރު ކަމަށްވެސް އެ ފަރާތުން ހާމަކުރި އެވެ.

ބިދޭސީންނަށް މިނިމަމްވޭޖް ދިނުން ފަސްކުރަނީ

ބިދޭސީންނަށް މިނިމަމްވޭޖް ދިނުން، މުއްދަތެއް ނެތްގޮތަށް ފަސްކުރަން ޤާނޫނަށް އިސްލާހް ހުށަހަޅައިފިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަތުރުވެރިންނަށް ފަސޭހަ ޤައުމަކަށް ރާއްޖެ ހަދަނީ

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން ފަސޭހަ ޤައުމަކަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0