ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކާނަމަ ކެންސަރާއި ހިތުގެ ބަލިތަކަށް މަގުފަހިވޭ

8 ސެޕްޓެމްބަރ 2022 - 15:31

އަހަރެމެން ކެއުމުގައި ބޭނުންކުރާ ކާނާއާއި ސިއްހަތާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ރަނގަޅު ކާނާ ކާނަމަ މީހާގެ ސިއްހަތު ރަނގަޅުވެ ދިގު އުމުރަކަށްވެސް މަގުފަހިވެއެވެ. ހޯދުންތަކުން ދައްކާގޮތުގައި ދުނިޔޭގައި މަރުވާ ކޮންމެ 5 މީހަކުން 1 އަކީ ރަނގަޅު ކާނާ ނުކެއުމުގެ ސަބަބުން މަރުވާ މީހުންނެވެ.

ދާދިފަހުން ބީއެމްޖޭ އެގްޒަމިންއިން ޝާއިއުކޮށްފައިވާ ޖާނަލްއެއްގައި ބުނެފައިވަނީ ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކެއުމުގެ ސަބަބުން މީހާއަށް ސިއްހީ ގިނަ މައްސަލަތަކާއި ކުރިމަތިވާކަމަށެވެ.

advertisement

ޓަފްޓްސް ޔުނިވަރސިޓީއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ޕްރޮސެސްކޮށްފައި ހުންނަ ކާނާކާ ފިރެހެނުންނަށް ކޮލޮރެކްޓަލް ކެންސަރ ޖެހުމުގެ މަގު ފަހިވާކަމަށެވެ.

އައިއާރުސީސީއެސްގެ ނިއުރޯމެޑް ޓީމުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ރަނގަޅު ކާނާ ނުކައި ޕްރޮސެސްކޮށްފައި ހުންނަ ކާނާ މާގިނައިން ކާނަމަ ހިތުގެ ބަލިތައްޖެހި މޯޓަލިޓީއަށް މަގުފައިވާކަމަށެވެ.

ޕްރޮސެސްކޮށްފައި ހުންނަ ކާނާއަކީ ކޮބާ؟

  • ޕްރޮސެސްކޮށްފައި ހުންނަ ކާނާގައި ހަކުރު، ޕެޓްސް އަދި ޕްރިޒަވޭޓިވްސް އެކުލެވިގެންވޭ
  • ކުލައާއި ރަހައަށް ބަދަލުގެނެސްފައިވުން

ޕްރޮސެސްކޮށްފައި ހުންނަ ބައެއް ތަކެތި

  • ސޯޑާއާއި ހަކުރު އެކުލެވޭ ބައެއް ޖޫސްތައް
  • ސްޕޯޓްސް އަދި އެނަރޖީ ޑްރިންކް
  • އެނަރޖީ ބަރ
  • ޕައުޑަރޑް އަދި އިންސްޓަންޓް ސޫޕް
  • މާޖިރީން
  • ކޭންޑީ
  • ހަކުރު އެކުލެވޭ ޔޯގަޓް

ކޮލޮރެކްޓަލް ކެންސަރ

ކޮލޮރެކްޓަލް ކެންސަރ، ކޮލޮން ކެންސަރ ނުވަތަ ރެކްޓަލް ކެންސަރއަކީ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން 3 ވަނައަށް އަންހެނުންނާއި އަދި ފިރެހެނުންވެސް މަރުވާ ކެންސަރުގެ ބާވަތެވެ. އެމްއެންޓީގެ ދިރާސާއިން ދައްކާގޮތުގައި ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކެއުމުގެ ސަބަބުން މީހާ ފަލަވެ، ބްލަޑް ޕްރެޝަރު މަތިވެ، ކޮލެސްޓްރޯލް އަދި ބައެއް ބާވަތްތަކުގެ ކެންސަރަށް މަގުފަހިވެއެވެ. އަދި މީގެތެރޭގައި ކޮލޮރެކްޓަލް ކެންސަރަށް މަގުފަހިވެއެވެ.

ކޮލޮރެކްޓަރ ކެންސަރު ޖެހިފައިވާ 3200 މީހުންގެ މެދުގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި ޕްރޮސެސްކޮށްފައި ހުންނަ ކާނާކާ ފިރެހެނުންގެ %29 މީހުންނަށް ވަނީ ކެންސަރު ޖެހިފައެވެ.

ހިތުގެ ބަލިތައް އިތުރުވޭ

ހޯދުންތަކުން ދައްކާގޮތުގައި މުޅި ދުނިޔޭގައި އަހަރެއްގެ މައްޗަށް ހިތުގެ ބަލިތައް ޖެހިގެން %32 މީހުން މަރުވެއެވެ. ހިތުގެ ބަލިތަކުން ދުރުވުމަށް ނިއުޓްރިޝަން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ރަނގަޅު ކާނާ ކެއުމުގެ ބަދަލުގައި ޕްރޮސެސްކޮށްފައި ހުންނަ ކާނަމަ ހިތުގެ ބަލިތައް ޖެހުން ގާތްކަމަށް ދިރާސާއިން ދައްކައެވެ.

ރިއެކްޝަންސް
2
2
2
38
1
0
0