ކާށީގެ ދުޅަހެޔޮކަން: ޖަނަވާރުގެ ކިރު ބޭނުންނުކޮށްވެސް ކަށިތައް ވަރުގަދަ ކުރެވޭނެ

10 ސެޕްޓެމްބަރ 2022 - 10:38

ކަށިތައް ވަރުގަދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކަށިތައް ވަރުގަދަ ކުރުމަށް އެންމެ މުހިންމު އެކައްޗަކީ ތުއްތު އިރު މިނަރަލްސް ހަށިގަނޑަށް ހޯދުމެވެ. ކުޑައިރު ކަށިތައް ވަރުގަދަ ކުރުމަށް ބޭނުންވާ މާއްދާތައް ހަށިގަނޑަށް ފޯރުނުކޮށްދޭނަމަ އުމުރުން 30 އަހަރުން މައްޗަށް ދާއިރު މީގެ އަސަރުތައް ފެންނަން ފަށައެވެ. އެގޮތުން އަވަހަށް ކަށިތައް ބިންދައިގެން ދިއުމާއި ކަށިތަކުގައި ރެނދުލުން ފަދަ ކަންކަން ދިމާވެއެވެ.

ގިނަ ނިއުޓްރިޝަން އަދި ދިރިއުޅުމުގެ އާދަތަކުން މީހާގެ ކަށިތައް ވަރުގަދަކުރެވޭނެއެވެ. އެގޮތުން މި އާޓިކަލްގައި މި ހިމަނާލަނީ ކަށިތައް ވަރުގަދަ ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

advertisement

ގިނައިން ތަރުކާރީ ކެއުން

ތަރުކާރީއަކީ ކަށިތައް ވަރުގަދަ ކުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. ތަރުކާރީއަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީ އެންމެ ފަސޭހައިން ލިއްބައިދޭ އެއް ގޮތެވެ. ތަރުކާރީގެ ސަބަބުން ބޯން ޑެންސިޓީ އިތުރުކޮށްދެއެވެ. މީގެ ސަބަބުން ކަށިތައް ބިނދުމާއި ރެނދުލުމުން ދުރުކޮށްދެއެވެ.

ކަސްރަތުކުރުން

ބައެއް ކަހަލަ ކަސްރަތުކުރުމަކީ ކަށިތައް ވަރުގަދަކޮށްދޭ ކަމެކެވެ. އޭގެތެރޭގައި ބަރުތަކެތި އުފުލުން ފަދަ ކަސްރަތުތައް ހިމެނެއެވެ. މިފަދަ ކަސްރަތުކުރާ މީހުންގެ ކަށިތަކުގައި މިނަރަލް ޑެންސިޓީ އިތުރުވާކަމަށް ދައްކައެވެ. އަދި ކަށިތައް ވަރުގަދަކޮށްދެއެވެ.

ޕްރޮޓީން

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕްރޮޓީން ހޯދުމަކީވެސް ކަށިތައް ވަރުގަދަވާ ކަމެކެވެ. ކަށިތަކުން %50 އަކީ ޕްރޮޓީންއެވެ. ހޯދުންތަކުން ދައްކާގޮތުގައި ޕްރޮޓީން ހަށިގަނޑަށް ލިބޭ މިންވަރު ދަށްވެއްޖެނަމަ ކެލްޝިއަމް ނުލިބި ކަށިތައް ބަލިކަށިވެއެވެ.

ކެލްޝިއަމް ގިނައިން ލިބޭ ކާނާ ކެއުން

ކަށިތައް ވަރުގަދަ ކުރުމަށް އެންމެ މުހިންމު އެކައްޗަކީ ކެލްޝިއަމްއެވެ. ދުވަސްވީ ކަށިތަކުގެ މައްޗަށް އައު ކަށިތައް އުފެދުމަށް ކެލްޝިއަމް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެލްޝިއަމް ލިއްބައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

  • ކެއުމުގައި ކެލޮރީސް މާމަދުނުކުރުން
  • ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
  • މެގްނޭޝިއަމް އަދި ޒިންކް ގިނައިން އެކުލެވޭ ކާނާ ކެއުން
  • އޮމެގާ 3 ޕެޓްސް ގިނައިން އެކުލެވޭ ކާނާ ކެއުން
ރިއެކްޝަންސް
7
14
1
2
2
1
3