ހޮޓެލް އޭޝިއާ 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
September 12, 2022
މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
We’re excited to be the Digital Partner for Hotel Asia Exhibition and International Culinary Challenge 2022 which will take place from 10-12 October👩🍳🧑🍳🧡 pic.twitter.com/yI0HZcEEFn
— Dhiraagu (@Dhiraagu) September 11, 2022
ހޮޓެލް އޭޝިއާ 2022 އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިންނަށް އެމީހުންގެ ހުނަރުތަކާއި ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދޭ އިވެންޓެކެވެ. އަދި މި އިވެންޓުގެ ޒަރިއްޔާއިން އެފަރާތްތަކަށް ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކްކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.
މީގެ އިތުރުން ހޮޓެލް އޭޝިއާ 2022 އަކީ 150 އަށް ވުރެ ގިނަ ކުންފުންޏާއި 500 އަށް ވުރެ ގިނަ ކަލިނަރީ ކޮމްޕެޓިޝަން އެންޓްރީސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އިންޓަނޭޝަނަލް ހޮޓެލް ސަޕްލައިސް އެގްޒިބިޝަނެވެ.
މި އަހަރުގެ އިވެންޓަކީ ދިވެހިރާއްޖޭގައި ބޭއްވޭ ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަންއެވެ. މި އަހަރުގެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 އިން 12 އޮކްޓޫބަރުގެ ނިޔަލަށް ދަރުބާރުގޭގެ އެގްޒިބިޝަން ހޯލްގައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށެވެ.



