އާއިލާތަކަށް އެހީތެރިވެދިނުމަށް މޮމްސް އެންޖީއޯގެ އޮންލައިން އެކްސްޕޯ މިއަހަރުވެސް ބާއްވަނީ، ރަޖިސްޓްރީވުމަށް ހުޅުވާލައިފި

13 ސެޕްޓެމްބަރ 2022 - 10:10

މަމްސް އެންޖީއޯގެ ފަރާތުން ކުރިއަށްގެންދާ “އޮންލައިން އެކްސްޕޯ” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެކްސްޕޯގައި ބައިވެރިވުމުގެ ސަބަބުން އުފެއްދުންތައް ގިނަ ބަޔަކަށް ދައްކާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މަމްސް އެންޖީއޯއިން ވިދާޅުވީ، މި އެކްސްޕޯގައި ބައިވެރިވުމަށް ދައްކާ ރަޖިސްޓްރޭޝަން ފީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ “ހޯޕް ފޯރ މިވެން” ކެންޕެއިންގެ ދަށުން އާއިލާތަކަށް އެހީތެރިވެދިނުމަށްކަމަށެވެ.

މަމްސް އޮންލައިން އެކްސްޕޯއަކީ ކޮންމެ އަހަރަކު 1 ފަހަރު އެ ޖަމިއްޔާއިން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މި އެކްސްޕީގެ ބޭނުމަކީ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދީ އެ ވިޔަފާރިތަކަށް އެހީތެރިވެދިނުމެވެ. މި އެކްސްޕޯގެ ސަބަބުން 85000 މީހުންނަށް އުފެއްދުންތައް ދައްކާލެވިގެންދާނެކަމަށް މަމްސް އެންޖީއޯއިން ބުނެއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 2 އަކުން 6 އަކަށެވެ. މި އެކްސްޕޯ ކުރިއަށްދާނީ މަމްސް އެންޖީއޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައެވެ. އޭގެތެރޭގައި ފޭސްބުކް ޕޭޖް، ފޭސްބުކް ކޮމިއުނިޓީ އަދި އިންސްޓަގްރާމްގައެވެ.

ރިއެކްޝަންސް
0
4
0
0
0
0
0