އާރްޓީއެލް ހިދުމަތަށް ބޭނުންވާ ފެރީ ބަނުމަށް އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފި

18 ސެޕްޓެމްބަރ 2022 - 10:21

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދަށުން ކުރިއަށްދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތުގެ 2 އަދި 3 ވަނަ ފިޔަވައްސަށް ބޭނުންވާ ފެރީ ބަނުމަށް އެމްޓީސީސީން އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މީރުމާ ހޮޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އަލްފާޟިލް އާދަމް އާޒިމެވެ. އަދި އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ޢަބްދުالله ޙުސައިން މުޙައްމަދު އަލްޝާލީއެވެ.

މި އެއްބަސްވުމުގެ ދަށުން، 65 ސްޕީޑް ފެރީއެއް ބަނުމުގެ މަސައްކަތް އަލްޝާލީ މެރިން މޯލްޑިވްސްއާއި އެމްޓީސީސީން ވަނީ ހަވާލު ކޮށްފައެވެ.

މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އެއަރ ކޮންޑިޝަން ފެރީ ތަކެކެވެ. މި ފެރީތައް ފަރުމާކުރެވިފައިވާނީ ދަތުރުވެރިންނަށް އެންމެ ހިތް ފަސޭހަކޮށް ދަތުރު ކުރެވޭނެ ގޮތަށެވެ.

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ 1 ވަނަ ފިޔަވަހީގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ދޭން ފަ ށާފައެވެ. އަދި މި މަޝްރޫޢުގެ 2 އަދި 3 ވަނަ ފިޔަވަހީގައި ހިމެނޭ 17 އަތޮޅަށް ޚި ދުމަތް ދޭން ފެށުމާއިއެކު މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0