މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

18 ސެޕްޓެމްބަރ 2022 - 18:42

ރައީސް ދެކަނބަލުން އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަށް އެންމެފަހުގެ އިޙްތިރާމް އަދާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިނގިރޭސިވިލާތުގެ ތަޙުތުގައި 70 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި، އަދި އެޤައުމުގައި އެންމެ ދިގުމުއްދަތަކަށް ރަނިކަން ކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައަށް އެންމެފަހުގެ އިޙްތިރާމު އަދާކުރައްވައިފިއެވެ. ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެންބަރު 8 ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ހުޅުމާލޭގައި ހިންގާ އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސައިޓްތަކަށް ނައިބު ރައީސް ޒިޔާރަތްކޮށްފި

ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސައިޓްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

advertisement

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވޯރޑް އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވޯރޑް އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދީފި އެވެ. ވޯރޑް ޢިމާރާތުގައި މެޑިކަލް ގޭސް ލިބޭގޮތަށް 30 އެނދު ހުންނާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދިނެވެ.

14 ރަށެއްގެ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ޔޫތް މިނިސްޓްރީން ޙަވާލުކޮށްފި

14 ރަށެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުތަކަށް ބޭނުންވާ ސާމާނު މިއަދު ވަނީ އެ ރަށްތަކާއި ހަވާލުކުރެވިފައި ކަމަށް ޔޫތް މިނިސްޓްރީޏް މައުލޫމާތުދީފި އެވެ.

އަނަންތާރާ ވެލި ރިސޯޓު އަލުން ހުޅުވަނީ

މަރާމާތަށްފަހު އަނަންތާރާ ވެލި މޯލްޑިވްސް ރިސޯޓު އަލުން ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0