މަމެން ޗެމްޕިއަންޝިޕް -ރާއްޖޭގެ ފުރަތަމަ 100% ސޯލާ ޕަވާރޑް އިވެންޓް ނިންމާލައިފި
September 19, 2022
މަމެން އިންޓަރ ސްކޫލް ސައިކްލިންޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަން އިއްޔެ ނިމިއްޖެއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 16 އިން 17 ސެޕްޓްންބަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ސައިކްލިން ޓްރެކްގައެވެ. މިއަހަރުގެ ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ 100 އިންސައްތަ ގްރީން އެނަރޖީ އިވެންޓެވެ. މި ހަރަކާތުގައި ބޭނުންކުރެވުނު ކަރަންޓު ނެގިފައިވަނީ އިރުގެ އަލިން ހަކަތަ އުފައްދާ، ޕޯޓަބަލް ޕަވަރ ސްޓޭޝަންތަކަކުންނެވެ.
It was a fun filled end to Mamen Inter-School Bike Championship 2022 😍
— Dhiraagu (@Dhiraagu) September 17, 2022
Huge thanks to Hon. Ibrahim Ismail and our brand ambassador @SaaidKalhey for joining us to give away the medals to all the young riders that joined the Fun Ride 🧡 pic.twitter.com/8Q14HMJ8wo
32 ސްކޫލުން 1000 އަށްވުރެ ގިނަ ދުއްވުންތެރިން ވަނީ މި އިވެންޓްގައި ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން 450 އަށް ވުރެ ގިނަ ކުޑަ ކުދިން ވަނީ “1km ފަން ރައިޑް” ގައި ބައިވެރިވެފައެވެ. ފަން ރައިޑްގެ ހުރިހާ ބައިވެރިންނަށްވެސް ވަނީ މެޑަލްދެވިފައެވެ.
ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ މި އިވެންޓްގެ ޝަރަފުވެރި މެހެމާނު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތެއްކަމުގައިވާ އޮނަރަބަލް އިބްރާހިމް އިސްމާއިލް އާއި ދިރާގު ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު އަދި ދިރާގު އަދި ބައިކް މޯލްޑިވްސްގެ އިސް ބޭފުޅުންނެވެ.
މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ އެޑިޝަން އަކީ ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރުންގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ޕޮލިސް ސަރވިސަސް، އެމްޓީސީސީ، އެރޯސޯލްޓްސް، ޗޮޕާޓް މޯލްޑިވްސް އަދި އިލާ މޯލްޑިވްސް ހިމެނެއެވެ.
ފަސްޓް އެއިޑްގެ ޚިދުމަތް ފޯރުކޮށްދީފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާއި ހުޅުމާލެ ހޮސްޕިޓަލް އަދި އެމްއެންޔޫ ސްކޫލް އޮފް ނާސިންގެ ވޮލަންޓިއަރުންނެވެ. މި އިވެންޓްގެ މީޑިއާ ޕާޓްނަރަކީ ‘އަދަދު’ ނޫހެވެ.
މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަންގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިހަފްތާގެ ފަހުކޮޅުގައެވެ. މި މުބާރާތުގައި ވާދަކުރާ ކޮންމެ ވާދަވެރި ކެޓަގަރީއަކުން (13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ) އަދި ކޮންމެ މިކްސްޑް ޓީމް ޕާސުއޭސް އޭޖް ކެޓަގަރީއަކުން ތިން ޗެމްޕިއަން ޓީމު ހޮވާނެ އެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލެއް ހޮވާނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށެވެ.



