އެއާޕޯޓުގެ ސަލާމަތީކަންކަން އިތުރަށް ވަރު ގަދަ ކުރުމަށް ސަރުކާރަށް ގޮވާލާ މިއަދު ހުށައަޅި ކުއްލި މައްސަލަ އަނބުރާ ގެންގޮސްފި

19 ސެޕްޓެމްބަރ 2022 - 10:43

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސަލާމަތީކަންކަން އިތުރަށް ވަރު ގަދަ ކުރުމަށް ސަރުކާރަށް ގޮވާލާ މިއަދު މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ހުށައެޅި ކުއްލި މައްސަލައަށް ބޭނުންވާ ވަރަށް ވޯޓު ނުލިބި އަންބުރާ ގެންގޮސްފި އެވެ.

މި ކުއްލި މައްސަލައިގައި ބަޔާން ކޮށްފައިވަނީ:

 • ދާދިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ގެ ސަލާމަތަށް ނުރައްކާވާފަދަ ހާދިސާއެއް ހިނގާފައިވޭ
 • ބައިނަލްއަގްވާމީ މީޑިއާތަކުން އަނެއްކާވެސް މިހާދިސާއާއި ގުޅޭ ގޮތުން ކަންބޮޑު ވާފަދަ ބިރުވެރި ވާހަކަތަކެއް ޝާއިއުކޮށްފައިވާތީ ކުއްލި މައްސަލައެއް ހުށައެޅުން
 • މިހާދިސާ ހިންގުމުގެ ކުރިން ރާއްޖޭގައި މިކަމުގައި ބައިވެރިން ބައްދަލުވުމެއް ބޭއްވި ކަމަށް ބަޔާން ކުރި
 • މިހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެއައިސް ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށް
 • މިބައްދަލުވުމަށްފަހު ފުލުހުން މިހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުން
 • މިއީ ރޭވިގެން ހިންގާފައިވާ ވަރަށް ނުރައްކާތެރި ޢަމަ ލެއްކަމާއި އަދި މިކަމުގެ ބިރު އަވަށްޓެރި ބައެއް ޤައުމުތަކަށްވެސް އޮތް
 • މިހާދިސާއާއި ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވެގެން އިންޑިއާގެ ދެމީހަ ކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާތީއާއި އަދި ޖާސޫސު ކުރިކަމުގެ ހެކި ފުލުހުން ކޯޓަށް ހުށައަޅާފައިވޭ
 • އެކަމާ ގުޅު ންހުރި ބަޔަކު ފުރައިގެން ދިޔަކަންވެސް ހާމަވޭ
 • މީހުން ދިޔައީ ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ހިނގަމުންދިޔަގޮތް ލައިވް ކުރަމުން
 • ރާއްޖެއަށް ފޫނުބެއްދޭވަރު ގެ، ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ ޢަމަލެއް ހިންގުމަށްޓަކައި އެމީހުން ތައްޔާރުވަމުން ދިޔައީ އެއާޕޯޓުގެ ސެކިއުރިޓީ ގޭޓުތައް ފަހަނައަޅާ
 • ޗެކިން ޕޮއިންޓުތަކާއި، ކަސްޓަމާއި އިމި ގްރޭޝަނާއި އެއާޕޯޓުގެ ސެކިއުރިޓީއާއި އަދި ފުލުހުންނާއި އެމްއެންޑީއެފަށްވެސް ނޭނގި ކަމަށް
 • މިހާދިސާއާއި ގުޅިގެން ފުލުހުންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި މީޑި އާތަކަށްވެސް މައުލޫމާތު ދެމުން ނުދޭ
 • މިކަމާގުޅުންހުރި ކަންކަން ރައްޔިތުންނަށް ދަނީ ސިއްރު ކުރަމުން
 • ހައްޔަރު ކުރި ދެމީހުން ވީތަނެއްވެސް ދިވެހި ފުލުހުންނަށް މިވަގުތު ނޭނގޭ
 • ހަމައެއާއެކު އެއާޕޯޓުގައި ހިނގި ނުރައްކާތެރި ހާދިސާއާއި ގު ޅިގެން އަދިވެސް އެތަނުގެ ސަލާމަތީ ކަން ހަރުދަނާ ކުރުމަށް އިތުރު ބަދަލުތަކެއް އައިސްފައި ނުވޭ

ވެލާނާ އެއަރޕޯޓުގައި މިއީ ހިނގި ކަމެއްތަ؟

މިއަދު މަޖިލީހުގައި ކޮލެޖުތައް ޔުނިވާސިޓީއަށް ބަދަލުކުރާ މައުލޫއަށް ބަހުސްކުރަމުން ނައިފަރު ދާއިރާގެ މެމްބަރ ޝިޔާމް ބުނެފައިވަނީ އިންޑިއާގެ ބަޔަކު ހަތިޔާރާއެކީ އެއަރޕޯޓަށް އަރައި އުޅެނިކޮށް ފުލުހުން އަތުލުމުން އިންޑިއާ އޮފިޝަލަކު އައިސް ބައްދަލުކޮށް މި މައްސަލަ އޮއްބާލި ކަމަށެވެ.

މަޖިލީހުގެ ރައީސް ވަނީ މިކަމަށް ރައްދު ދީފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބުނެފައިވަނީ، “އެއަރޕޯޓުން ހަތިޔާރާއެކީ އެއްވެސް މީހަކު އަތުލާފައި ނުވޭ… އަޅުގަނޑު ތި މައްސަލައާއި ގުޅިގެން ސާފު ކުރިން، ތިބާވަތުގެ އެއްވެސް ކަމެއް ވެފައިވާކަމަކަށް ފާހަގަވެފަ އެއް ނެތް.”

ރިއެކްޝަންސް
0
0
0
0
0
0
0