ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މާހަރާ ކޮންފަރެންސް ނިންމާލައިފި

19 ސެޕްޓެމްބަރ 2022 - 16:36

މާހަރާ ކޮންފަރެންސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މިއީ 2 ދުވަހުގެ މުއްދަތަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި 51 މީހުން ވަނީ ބައިވެރިވެފައެވެ.

އޭގެތެރޭގައި ސަރުކާރުގެ އިދާރާތަކާއި، ޕޮލިސީ ލެވެލްގެ ފަރާތްތަކާއި، އެންޖީއޯތައް ހިމެނެއެވެ.

މި ކޮންފަރެންސްގެ އެންމެ މުހިންމު އެއް މަޤްސަދަކީ މުޖްތަމައުގެ އެއްބައިވަންތަކަން އިތުރުކޮށް ރެސިލިއަންސްއާއި ބެހޭގޮތުން މުޖްތަމައުގެ އެކިއެކި މުވައްސަސާތަކާއި ދާއިރާގެ ފަރާތްތައް ވާހަކަދައްކައި މަޝަވަރާކުރުމެވެ.

މި ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ އައިޝަތު ރިލްވީނާއާއި ޑިރެކްޓަރ އޮފް އޮފީސް އޮފް ގަވަރނަންސް އެންޑް ވަލްނަރަބަލް ޕޮޕިއުލޭޝަންސް ކެވިން ޑީން ވަނީ މުޖްތަމައުގައި އެއްބައިވަންތަކަން އާލާކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަދައްކަވާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0