މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

19 ސެޕްޓެމްބަރ 2022 - 18:28

ވޮކޭޝަނަލް ޓްރެއިނިންގ އަދި ހުނަރު ކުރިއެރުވުމަށް މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ: ނައިބު ރައީސް

ވޮކޭޝަނަލް ޓްރެއިނިންގ އަދި ހުނަރު ކުރިއެރުވުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިއްޖެ

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދީފި އެވެ. އަދި ހިއްކި ސަރަޙައްދު ލެވެލް ކުރުމުގެ މަސައްކަތުގެ 86 ޕަސެންޓް ވަނީ ނިމިފައި ކަމަށްވެސް އެމްޓީސީސީން ހާމަކުރި އެވެ.

މި މަޝްރޫޢުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި ސަރަޙައްދު ލެވެލް ކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 19.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރ.އުނގޫފާރު ސްކޫލުގެ 8 ކުލާސްރޫމް އިމާރާތް ކުރަނީ

ރ.އުނގޫފާރު ސްކޫލުގެ 8 ކުލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 10,169,545.89ރ އަށް، ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އއ. މަތިވެރި ޞިއްޙީ މަރުކަޒު ތަރައްގީ ކުރަނީ

އއ. މަތިވެރި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ޕޯރޓިކޯއާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ރައިޒާ ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކޮށްފި އެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 4,800,000ރުފިޔާ (ހަތަރު މިލިއަން އަށްލައްކަ ރުފިޔާ) އެވެ. އަދި މަސައްކަތުގެ މުއްދަތަކީ މީލާދީގޮތުން 150 (ސަތޭކަ ފަންސާސް) ދުވަހެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ ނަމަކަށް “އަޒުމް”

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ ނަމަކަށް “އަޒުމް” ކިޔައިފިއެވެ.

ރާއްޖޭގެ ޖައްވީ މިޝަނަށް ނަމެއް ދިނުމަށް ހުޅުވާލި ފުރުޞަތުގައި 85 މީހުން ނަން ހުށައެޅިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0