މި ރާއްޖެ ހަމައަކަށް އެޅުމުގައި ފުލުހުން ތަހުޒީބުކޮށް ޓްރެއިންނިން ދިނުމަށްފަހު ފިސްތޯލަ ދޭންޖެހޭ: ޖާބިރު

20 ސެޕްޓެމްބަރ 2022 - 10:20

ޑްރަގް އެންފޯސްމަންޓް އޮފިސަރަކަށް ދިން ހަމަލާއަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ހުށައެޅުއްވި ކުއްލި މައްސަލައަކަށް ވާހަކަ ދައްކަމުން، މެމްބަރު ޖާބިރު ބުނެފައިވަނީ، މި ރާއްޖެ ހަމައަކަށް އެޅުމަށްޓަކައި ދިވެހި ފުލުހުންނަށް ތަހުޒީބުކޮށް ޓްރެއިނިން ދިނުމަށްފަހު ފިސްތޯލަ ދޭންޖެހޭނެ ކަމަށެވެ.

ޑްރަގް އެންފޯސްމަންޓް އޮފިސަރަކަށް ހަމަލާދީފައިވަނީ މިމަހު 9 ވަނަ ދުވަހު މެންދުރު ގަޑިއެއްގައި، މާލެ މަޖީދީ މަގު އުތުރު ކޮޅުންނެވެ.

advertisement

“މި ހަމަލާދިން ފަރާތްތައް ދެނެގަނެ، ފުލުހުންގެ ބެލެމުގެ ދަށަށް ގެނެވުނު ނަމަވެސް، މިއީ ވަރަށް ނުރައްކާތެރި ހަމަލާއެއް،” ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މިއަދު މަޖިލީހުގަިއ ބަޔާން އިއްވި އެވެ.

ޖާބިރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފުލުހުންގެ ބާރާއި މެދު، ގޭންގުތަކާއި މަސްތުވާތަކެތީގެ ނެޓްވޯކްތަކުން އެއްވެސް ބިރެއް ނެތް ކަމާއި އަދަބެއް ނުދެވޭނެކަމުގެ ޔަގީންކަން އެބައި މީހުންނަށް އޮތް މިންވަރު މި މައްސަލައިން އެނގޭ ކަމަށެވެ.

އެއްވެސް ފަސްޖެހުމެއް ނެތި، މަރުގެ އިންޒާރުދީ، ފުލުހުންނަށްވެސް މާރާމާރީ ހިންގާނަމަ، މިއަށްވުރެ އަވަހަށް ހައްލު ހޯދަންޖެހޭ މައްސަލައެއް މިގައުމުގައި ނެތް ކަމަށް ޖާބިރު ފޮނުވި ކުއްލި މައްސަލައިގައި ބަޔާން ވެފައި ވެ އެވެ.

ރިއެކްޝަންސް
0
1
0
0
0
0
0