މ. މުލި އާއި ހދ. މަކުނުދޫގައި ސީޕެލޭންގެ ހިދުމެތް ފަށަނީ

21 ސެޕްޓެމްބަރ 2022 - 10:48

މ. މުލި އާއި ހދ. މަކުނުދޫގައި ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އަހަރީ ރިޕޯޓު ހުށަހަޅައިދެއްވަމުން ސިވިލް އެވިއޭޝަންގެ އެސިސްޓެންޑް ޑިރެކްޓަރު ހުސެއިން ނަޒީރު ވިދާޅުވީ ޓްރާންސްޕޯޓުން އެކުލަވާލައިފައިވާ.

advertisement

“ނޭޝަނަލް ސްޕެޝަލް ޕްލޭން”ގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ފުރަތަމަ ސީޕްލޭންގެ ހިދުމަތް ފަށާނެ ރަށްތައްވެސް ކަނޑައަޅާފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ. އެއީ މުއްޔާއި މަކުނުދޫކަމަށް ވަނީ ވިދާޅުވެފައެވެ.

ސީޕްލޭން ހިދުމަތް ގާއިމުކުރުމަށް ޕްލެޓްފޯމް ނުވަތަ އޮގްޒިލަރީ ހިދުމަތްތައް ގާއިމުކުރާނެ ސަރަހައްދުތައް ވެސް ވަނީ ކަނޑައަޅައ އެގޮތުން “ނޭޝަނަލް ސްޕެޝަން ޕްލޭން”ގެ ދަށުން އެ މަސައްކަތް ކުރަނީ ކޮންމެ 30 ރޭޑިއަސްއެއްގައި ސީޕްލޭންގެ ހިދުމަތްތައް ގާއިމުކުރަން ކަމަށެވެ.

ނަޒީރު ވިދާޅުވީ ރާއްޖޭގެ މެރިޓައިމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށްގެން ސިލަބަސް ތަމްރީނު ޕްރޮގްރާމެއް ތައްޔާރުކުރުމުގެ މަސައްކަތް، ބޭރު ބަޔަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް މިހާރަށްވުރެ ފަސޭހައިން ފުލައިޓުތަކުގައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް
0
1
0
0
0
0
0