މައިން ބަފައިނާއި ބެލެނިވެރިންވެސް ބާންއައުޓް ވޭ. މިކަން އަރައިގަނެވޭނެ ގޮތްތައް

21 ސެޕްޓެމްބަރ 2022 - 12:10

ޕޭރަންޓަލް ބާންއައުޓްއަކީ ފިޒިކަލީ، އެމޯޝަނަލީ އަދި މެންޓަލީ ބެލެނިވެރިޔާ ތަހައްމަލްކުރާ ކަމެކެވެ. މިއީ ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތްތަކުގެ ސަބަބުން ދިމާވާ ކަމެކެވެ. ޕޭރެންޓަލް ބާންއައުންޓްގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ކަމެއްކުރުމަށް މޯޓިވޭޝަނެއް ނެތުން ފަދަ ކަންކަން ހިމެނެއެވެ.

ޕޭރެންޓަލް ބާންއައުޓްއަކީ ވަގުތީ ކަމެކެވެ. އަދި ބާންއައުޓްވުމުން ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންތައްތައްވެސް އެބަހުއްޓެވެ.

advertisement

ބާންއައުޓް ވުމުގެ ބައެއް އަލާމާތްތައް:

• އެކްސްހޯސްޓްވުން

• އެއްވެސް އުންމީދެއްނެތުން

• ބޮލުގައި ރިއްސުން، ކަރުގައި ރިއްސުން، މަސްތަކުގައި ރިއްސުން.

• މޯޓިވޭޝަން ގެއްލުން

• ނިދުމުގެ ވައްޓަފާޅިއަށް ބަދަލުއައުން.

• އެކަނިވެރިކަން އިހްސާސްވުން

ޕޭރަންޓް ބާންއައުޓްއަކީ އަލަށް ދިމާވާ ކަމެއްނޫނެވެ. މިއީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބެލެނިވެރިންނަށް ދިމާވާ މައްސަލައެކެވެ. އަދި ވަޒީފާއަށްދާ ބެލެނިވެރިންނަށް މިކަންތައް ދިމާވާ މިންވަރު އިތުރުވެއެވެ. އަދި ކޯވިޑާއި އެކުވެސް ޕޭރަންޓަލް ބާންއައުޓް ދިމާވާ މިންވަރު ވަނީ އިތުރުވެފައެވެ. 

މިކަން ދިމާވުމުން ކަންތައް ކުރެވޭނީ ކިހިނެތް؟

• ބައިވެރިޔާއާއި ވާހަކަދެއްކުން.

• ހަމަނިދި ހޯދުން.

• ކަސްރަތުކުރުން.

• އަރާމުކުރުން

• އެހީތެރިވެދޭނެ ބަޔަކު ކައިރީގައި ބޭތިއްބުން.

• އަމިއްލަ ނަފްސަށް އަޅާލުން.

ރިއެކްޝަންސް
5
1
1
6
0
0
0