ކްރޮސްރޯޑްސް މޯލްޑިވްްސްއަށް ތިން އަހަރު: އާންމުންނާއި ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު

21 ސެޕްޓެމްބަރ 2022 - 12:52

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވެސް ކުރިއަށްގެންދިޔަ އެންމެ ބޮޑު ޕްރޮޖެކްޓް، ކްރޮސްރޯޑްސް މޯލްޑިވްސް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހުއެވެ. ކްރޮސްރޯޑްއަށް މިހާރު 3 އަހަރު ފުރިފައިވާއިރު މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބެއް ގެނުވި ބޮޑު މަޝްރޫއެކެވެ.

ތައިލެންޑްގެ ސިންގ އެސްޓޭޓް ކުންފުނިން ކުރިއަށްގެދިޔަ، “ކްރޮސްރޯޑްސް މޯލްޑިވްސް” މަޝްރޫއަކީ އިންޓަރގްރޭޓަޑް ލެޝަރ އެންޑް އެންޓަޓެއިންމަންޓް ރިސޯޓް ކޮންސެޕްޓްގެ މައްޗަށް ބިނާކޮށް ގިނަ ރަށްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. ކްރޮސްރޯޑްގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ހޮޓެލްތަކާޢި އައުޓްލެޓްތައް ވަނީ ހުޅުވާފައެވެ.

advertisement

ނއޭގެތެރޭގައި ސައި ލެގޫން، ހާރޑް ރޮކް ފަދަ ބްރޭންޑްތައް ހިމެނެއެވެ. މީގެއިތުރުންވެސް ތަފާތު ނަންމަޝްހޫރު ރެސްޓޯރަންޓްތަކުގެ އައުޓްލެޓްތައްވެސް މިތަނުގައި ވަނީ ހުޅުވާފައެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްއަކީ 9 ރަށުގެ މައްޗަށް އެކުލެވޭ ބިޔަ ޕްރޮޖެކްޓެކެވެ. ކްރޮސްރޯޑްގެ މެރީނާ ބޭ އެކުލެވިގެންވަނީ ބޭރުގެ މަޝްހޫރު ގިނަ ފެޝަން ބްރޭންޑްތަކާއި، ކެފޭ ރެސްޓޯރެންޓް ހިމެނޭގޮތަށެވެ. އެހެންކަމުން ކްރޮސްރޯޑްސްއަށް ޒިޔާރަތްކުރާ އާންމުންނަށް މިތަންތަން ބަލާލާއި އަމިއްލަފުޅަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ. 

ކްރޮސްރޯޑްއަށް 3 އަހަރު ފުރިގެންދިޔައިރު މިއަދު ކްރޮސްރޯޑްއަކީ އާންމުންނާއި ފަތުރުވެރިންގެ މެދުގައިވެސް މަޤްބޫލުތަނަކަށް ވަނީ ވެގެންގޮސްފައެވެ. އެގޮތުން ރިސޯޓެއްގެ ތަޖުރިބާކޮށްލަން ބޭނުންވާ ދިވެހިންނަށް އެހެންނަމަވެސް އެފަދަ ތަނަކަށް ދެވޭން ނެތް ދިވެހިންނަށްވެސް ކްރޮސްރޯޑްގެ ސަބަބުން ވަނީ އެ ފުރުސަތު ހުޅުވިފައެވެ. 

މާލެއާއި ކައިރީގައި އޮތުމުގެ ސަބަބުން މިހާރު އެކިއެކި އިވެންޓްތައް ބޭއްވުމަށްވެސް ކްރޮސްރޯޑްއަށް އޮތް މަޤްބޫލުކަން ވަނީ އިތުރުވެގެންގޮސްފައެވެ. 

މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ތަޖުރިބާކޮށްލުމުގެ އިތުރުން، ރާއްޖޭގެ ތާރީޚާއި ސަޤާފަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެގޮތުން “މޯލްޑިވްސް ޑިސްކަވަރީ ސެންޓަރ”ގެ ނަމުގައި ޙާއްސަ މަރުކަޒެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްތެރިކޮށް ރައްކާތެރިކުރުމަށްޓަކާ “މެރިން ޑިސްކަވަރީ ސެންޓަރ”ގެ ނަމުގައި ޙާއްސަ މަރުކަޒެއްވެސް ޤާއިމުކޮށްފައިވެއެވެ.

ރިއެކްޝަންސް
0
1
0
1
0
0
0