ޝޭފްސް ގިލްޑް އޮފް މޯލްޑިވްސްގެ “ސީޖީއެމް ޝޭފްސް އެވޯޑްސް” އިޢުލާނުކޮށްފި

22 ސެޕްޓެމްބަރ 2022 - 11:47

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލުގެ މުނާސަބަތާ ގުޅުވައި، ރާއްޖޭގައި ކަލިނަރީ ދާއިރާގެ އަގު ވަޒަންކުރުމަށް ފުރަތަމަ ފަހަރަށް އެވޯޑެއް ތަޢާރަފުކުރުމުގެ ފަޚުރު، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ލިބިގަންނަމެވެ.

“ސީޖީއެމް ޝެފްސް އެވޯޑްސް”އަކީ ރާއްޖޭގައި ކަލިނަރީ އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ، އަދި އެ ފަންނު ދިރުވާ އާލާކުރުމުގައި އުޅޭ އެކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މަޤްސަދުގައި، މި އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭނެ އެވޯޑެކެވެ.

advertisement

ޝެފުންގެ ކަލިނަރީ ހުނަރުވެރިކަމާއި ފަންނުވެރިކަން ބަދިގެތަކުގެ އިތުރުން މުޖުތަމަޢުގައި ވެސް ބޭނުންކޮށް، ކަލިނަރީ ދާއިރާއިން މުޖުތަމަޢުތަކަށް އެކި ގޮތްގޮތުން ޚިދުމަތްކުރުމަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން އަބަދުވެސް ބާރުއަޅާ ކަމެކެވެ.

“ސީޖީއެމް ޝެފްސް އެވޯޑްސް”ގެ މަޤްސަދަކީ މިފަދަ ޝެފުން ފާހަގަކޮށް، އެ ޝެފުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި މުޖުތަމަޢަށް ކޮށްދޭ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމެވެ. އަދި ރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމުގެ މަސައްކަތްކޮށް، ބައިނަލްއަޤުވާމީ މުބާރާތްތަކާއި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރާނެ ޤައުމީ ކަލިނަރީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމެވެ.

މި އަހަރުގެ އެވޯޑްސްގައި ހިމެނޭ ކެޓަގަރީތަކަކީ:

  • އެގްޒެކެޓިވް ޝެފް
  • ސޫ ޝެފް
  • ކޮމްޕެޓިޝަން ޝެފް
  • އެޑިއުކޭޝަން ޝެފް
  • ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް
  • ޔަންގް ޝެފް
  • ލޯންގް ސާވިސް ސްޕެޝަލް އެވޯޑު

“ސީޖީއެމް ޝެފްސް އެވޯޑްސް 2022” އަށް ކުރިމަތިލުމަށް ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޝެފުންނަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ދަޢުވަތު ދެމެވެ. އަދި ރާއްޖޭގެ އެކި ރިސޯޓުތަކާއި ރެސްޓޯރަންޓުތަކުން ވެސް، އެ ތަންތަނުގައި މަސައްކަތްކުރާ ޚިދުމަތްތެރި އަދި ހުނަރުވެރި ޝެފުންނާއި ކަލިނަރީ ޕްރޮފެޝަނަލުން މި އެވޯޑަށް ނޮމިނޭޓުކުރުމަށް މި ޖަމިއްޔާއިން ބާރު އަޅަމެވެ.

މި އެވޯޑުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް، 10 އޮކްޓޫބަރު 2022 ގެ ކުރިން ނޮމިނޭޝަން ހުށަހަޅުއްވާށެވެ.  https://cutt.ly/CGM_ChefsAward

ރިއެކްޝަންސް
0
0
0
0
0
0
0