ޖަނަވާރުންގެ ކިރު ބޮޑެތި މީހުންނަށް ރަނގަޅަކަށް ހަޖަމެއް ނުކުރެވޭ: ދިރާސާ
26 ސެޕްޓެމްބަރ 2022 - 11:03
ހޯދުންތަކުން ދައްކާގޮތުގައި ކިރު ނުވަތަ މިލްކްއަކީ ބޮޑެތިމީހުން ބުއިމަށް އެހާ ރަނގަޅު ބުއިމެއް ނޫނެވެ. %60 ބޮޑެތި މީހުންނަށް ކިރު ރަނގަޅަށް ހަޖަމު ނުކުރެވޭކަމަށް ހޯދުންތަކުން ދައްކައެވެ. އެހެންކަމުން މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު ކިރު ރަނގަޅަށް ހަޖަމުކުރެވޭ މީހުންގެ ނިސްބަތަކީ %40 އެވެ. އޭގެތެރޭގައި ހިމެނެނީ %5 އޭޝިއާ ސަރަހައްދު، %25 އެފްރިކާ ސަރަހައްދުގެ މީހުން ހިމެނެއެވެ.
ބޮޑެތި މީހުން ކިރު ބުއިމުގެ ސަބަބުން ފާހަނާއަށް ދާންޖެހެއެވެ. މިއީ ވަރަށް ގިނަ މީހުންނަށް އިނގޭނެ ކަމެކެވެ. އެހެންނަމަވެސް ގިނަ މީހުން މިކަމަށް ސަމާލުކަމެއް ނުދެއެވެ.
ކުޑަކުދިން ކިރު ބޮނީ އެކުދިންނަށް އެހެން އެއްވެސް ކާއެއްޗެއް ނުކެވޭތީއެވެ. އެހެންކަމުން އެކުދިންނަށް ބޭނުންވާ ނިއުޓްރިޝަން ލިއްބައިދެނީ ކިރުގެ ސަބަބުންނެވެ. މީގެއިތުރުންވެސް އަހަރެމެން ބޮޑެތި މީހުން ބޯކިރާއި ކުޑަކުދިން ބޯކިރު ވަރަށް ތަފާތެވެ. ބޮޑެތި މީހުން ބޯކިރަކީ ކެލޮރީސް އަދި ފެޓްސްގެ މާއްދާ ގިނަ ކިރެކެވެ. ކިރުގައި ހުންނަ ފެޓްސްގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.
އާންމުކޮށް ބޮޑެތިމީހުން ކިރުބޮނީ ކެލްޝިއަމް ހޯދުމަށްކަމަށް ބުނެއެވެ. އެހެންނަމަވެސް އެހެނިހެން ކާނާއިން ކެލްޝިއަމް ހޯދިދާނެއެވެ. އޭގެތެރޭގައި ފެހިކަންގަދަ ފަތް، ބީންސް، އަލްމަންޑް، އޮރެންޖް އަކީ ހަށިގަނޑަށް ކެލްޝިއަމް ލިއްބައިދޭ ތަކެއްޗެވެ.