ހިޔާ ސިރަހައްދުގައި ޕާކް ތަރައްޤީކުރުމަށް އާރްޑީސީއަށް ހަވާލުކޮށްފި

26 ސެޕްޓެމްބަރ 2022 - 10:41

ހުޅުމާލެ ފޭސް 1ގައި ބީޗް ބުލެވާޑް އަކާއި އަދި ފޭސް 2ގައި ޕާކެއް ތަރައްޤީކުރުމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަނުން ހަވާލުކޮށްފިއެވެ. އަދި ފޭސް 1ގައި ބީޗް ބުލެވާޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.

އެ ސަރަހައްދުގައި ޕާކް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑަން އޭރިއާ, އެލެވޭޓެޑް ޕާތްވޭ އަދި ޕްލާޒާ ހެދުމުގެ މަސައްކަތް ވަނީ ހަމަޖެހިފައެވެ. އަދި ބީޗް ބުލެވާޑްގެ މަސައްކަތުގައި ޕާތްވޭސް, ރޭމްޕް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 1 އަހަރުދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފާވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0