އެއްދަންފަޅި އަކަށް ސްކޫލްތައް ބަދަލު ކުރުމުގައި ގޮންޖެހުންތެކެއް އެބަހުރި: މިނިސްޓަރ އައިޝަތު

29 ސެޕްޓެމްބަރ 2022 - 13:34

ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުނ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވިދާޅުވީ ވަށާޖެހޭ ތައުލީމެއް ދަރިވަރުންނަށް އެއް ދަންފަޅިއެއްގައި ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުންނަކަމަށެވެ.

ސްކޫލުތައް އެއް ދަންފަޅިއަކަށް ހެދި މީގެ މަންފާ ނުލިބި ދަރިވަރުން ތިންހަތަރު ފަހަރު ދުވާލަކު ޓިއުޝަނަށާއި އިތުރު ގަޑީގެ ހަރަކާތްކަކަށް ދާނެޖެހޭކަމަށް އަދި އެކަމުގެ އަމަލީ ރަނގަޅު މަންފާއެއް ފެންނާގެ ދުވަހަކާމެދު ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ސުވާލުކުރިއެވެ.

advertisement

ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު 156 ސްކޫލެއް އެއް ދަންފަޅިއަކަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ވިދާޅުވީ އެއް ދަންފަޅިއަކަށް ބަދަލުކުރުމުގެ އިތުރަށް ދަރިވަރުންނަށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށެވެ. އެ ކޮންސެޕްޓްގެ ދަށުން 44 ސްކޫލެއްގައި މި ކަން ފަށައިގެން ކުރިއަށްގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމުގައި ދިމާވާ ގޮންޖެހުންތަށް ފާހަގަކުރަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިގޮތަށް ބަދަލުގެނައުމުން ޓީޗަރުންނަށް އޯވަރ ޓައިމް ދޭންޖެހޭކަމަށެވެ. އިތުރަށް ތަފްސީކުކޮށްދެއްވަމުން މިނިސްޓަރ ބުނީ ސިވިލް ސާރވިސް ގަވާއިދުގައި މަސައްކަތުގެ ވަގުތު 6 ގަޑި އިރަށް ހަމަޖައްސާފައިވާ އިރު އެއްދަންފަޅި އަކަށް ސްކޫލުތައް ބަދަލުކުރުމުން ޓީޗަރުން 8 ގަޑިއިރު މަސައްކަތްކުރަންޖެހެއެވެ. މިއީ ނިޒާމު އޮންނަ ގޮތުން ކޭޓަރ ކުރަން އުނދަގޫކަމަކަށް ވާތީ ސްކޫލުތައް އެއްދަންފަޅިއަކަށް ހަދަން އުނދަގޫވާކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

އެހެންނަމަވެސް އުންމީދަކީ ހުރިހާ ސްކޫލެއްގައި ވަށާޖެހޭ ތަމްރީނެއް ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޝަންސް
1
0
0
0
0
0
1