ވީއައިއޭގެ އާ ރަންވޭ އަންނަ މަހު ބޭނުންކުރަން ފަށަނީ

29 ސެޕްޓެމްބަރ 2022 - 11:43

ވެލާނާ އަންޓަނޭޝްނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަންނަ މަހުގެ ހަވަނަ ދުވަހު ބޭނުންކުރަން ފަށާނެއެވެ.

ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އާ ރަންވޭ ހަދަން ފެށީ 2017 ވަނަ އަހަރުގައެވެ. ރަންވޭ ހަދަން ހަވާލުވުރީ ބެއިޖިންގެ އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުންޔަށެވެ

advertisement

އަދި އާ ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ގެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހެއެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި މަތިންދާބޯޓި ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައެވެ. އާ ރަންވޭއަކީ 34,000 މީޓަރު ދިގު ފުޅާމިނުގައި 65 މީޓަރު ހުންނަ ރަންވޭއެކެވެ.

ރަންވޭ ބޭނުންކުރަން ލަސްވެފައި އޮތީ ރަންވޭއާ ކައިރީގައި އޮންނަ ޓީއެމްއޭގެ ކުރީގެ ސީޕްލޭން ޓާމިނަލް އެ ތަނުން ނުނެގޭތީއެވެ. މި އާ ރަންވޭ ހުޅުވަން ކުރިންވެސް އަމާޒު ކުރީ އަހަރުގެ ފަހުކޮޅަށް ދިމާކޮށެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ޕީކް ސީޒަނާ ދިމާކޮށެވެ.

ރިއެކްޝަންސް
1
0
0
0
0
0
0