ދިރާގުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޚާއްސަ އޮފާރތަކެއް!

1 އޮކްޓޯބަރ 2022 - 15:19

ދިރާގުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތަފާތު ޚާއްސަ އޮފަރތަކެއް ނެރެފިއެވެ. އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ހުޅުވާލެވިފައިވާ މި 2 އޮފާރވެސް އޮކްޓޫބަރު މަސް ނިމުމާއި ހަމައަށް ކުރައަށްދާނެއެވެ. 

  • 125ޖީބީ އެންމެ 125 ރިފުޔާއަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭ މި އެޑް-އޮން އެކްޓިވޭޓް ކުރުމުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.
  • އިތުރު ޑެއިލީ ޑޭޓާ އޮފަރ: މި އޮފާރގެ ދަށުން އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޕްލޭންސްގެ ދަށުން ދެގުނަ ޑެއިލީ ޑޭޓާ ލިބޭނެއެވެ. ހަމަ ކުރިއެކޭ އެއްއަގެއްގައި ކަސްޓަމަރުންނަށް މިހާރު ކަސްޓަމަރުންނަށް ސަޅި 90 ޕްލޭންއިން ދުވާލަކު 2ޖީބީ ޑެއިލީ ޑޭޓާ، ސަޅި 150 ޕްލޭންއިން ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ އަދި ސަޅި 210 ޕްލޭންއިން ދުވާލަކު 6ޖީބީ ޑެއިލީ ޑޭޓާ ލިބޭނެއެވެ. މިހާރު މި ދެ އެޑް-އޮންވެސް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ނެގޭނެއެވެ. 

މީގެ އިތުރުން ދިރާގުންވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ޚާއްސަ ގުރުއަތެއްވެސް ތަޢާރަފުކޮށްފައެވެ. މީގެ ދަށުން 7 ނަސީބުވެރިއަކަށް ‘އައުކޭ ޓްރޫ ވަޔާރލެސް އެއާރބަޑް’ ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ. މިގޮތުން ދިރާގުން އެބޭފުޅެއްގެ ދިރިއުޅުމަށް ގެނައި ފާގަތިކަމަކީ ކޮބައިކަން އެކުންފުނީގެ ފޭސްބުކް، ޓްވިޓާރ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި ކޮމެންޓްކޮށްލައިގެން މި ގުރުއަތުގައި ބައިވެރިވެލެވޭނެއެވެ.

advertisement

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ގިނަ އަގުހުރި އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0