ތ. ވޭމަންޑޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމައިފި

2 އޮކްޓޯބަރ 2022 - 16:19

ތ. ވޭމަންޑޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދީފި އެވެ.

އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 26 އިން 28 އަށެވެ.

advertisement

ވޭމަންޑޫގައި ގާއިމްކުރި ނަރުދަމާގެ ނިޒާމުގެ ދަށުން އެ ރަށުގެ 497 ގެއަކަށް މި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރި އެވެ. މީގެ އިތުރުން، މި މަސައްކަތުގެ ދަށުން ވޭމަންޑޫގައި 10.31 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމެއް ގާއިމުކޮށް ތިން ޕަމްޕް ސްޓޭޝަން ބަހައްޓާފައިވާކަންވެސް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދިނެވެ.

އަދި ހަމަ އެހެންމެ، މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމަށްފަހު، ހިދުމަތް ދޭން ފެނަކައާ ހަވާލުކުރުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީޏް ޓްވީޓްކޮށްފައިވެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0