މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

3 އޮކްޓޯބަރ 2022 - 17:48

ޑެންގީ ޖެހިގެން ކުއްޖަކު ނިޔާވެއްޖެ

އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއް ޑެންގީ ޖެހިނިޔާވެއްޖެ އެވެ. އަދި 4 ކުދިންނަށް މިހާރުދަނީ މި ބައްޔަށް އައިޖީއެމްއެޗުން ދަނީ ފަރުވާދެމުންނެވެ.

advertisement

ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓު މުރާޖާކޮށްފި

ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓް މުރާޖަޢާ ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ވަނަ ފަހަރަށް ގެޒެޓްކޮށްފިއެވެ.

އަޒްހާންގެ ހަށިގަނޑު ހުޅުމާލޭގެ ބޯގަސްތަކެއް ތެރެއިން ފެނިއްޖެ

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އިއްޔެ ހަވީރު ފުލުހުންނަށް ވަނީ ފެނިފައެވެ.

ކޫއްޑޫގެ މިފްކޯ އިމާރާތުން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ

ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގައި ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓި އަނިޔާވީ މީހާ މާލެ ގެނެސް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް 24 ވެހިކަލް ހަދިޔާކޮށްފި

އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް 24 ވެހިކަލް ހަދިޔާކުރައްވައިފިއެވެ.

މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރަސްމީކޮށް މި ވެހިކަލްތައް ދިވެހި އަސްކަރިއްޔާއަށް ޙަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާއެވެ. ދިވެހި އަސްކަރިއްޔާއިން މި ވެހިކަލްތަކާ ޙަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0