ރަށްރަށުގެ މީހުން ކުޅެލާ މަޖާކޮށްލާނެ، ކަސްރަތުކުރާނެ ތަނެއް ނެތް: މަހްލޫފް

4 އޮކްޓޯބަރ 2022 - 10:02

މިއަދު މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރި ސުވާލަކަށް ޖަވާބުދެމުން ޔޫތް މިނިސްޓަރު މަހުލޫފު ފާހަގަކޮށްފައިވަނީ ރަށްރަށުގެ މީހުން ކުޅެލާ މަޖާކޮށްލާނެ، ކަސްރަތުކުރާނެ ތަނެއް ނެތް ކަމަށެވެ.

“އަޅުގަނޑަށް ފެންނަ ފެނުމުގައި ހަގީގަތުގައި ރާއްޖޭގެ ރަށްރަށުގައި މިކަހަލަ އެއްވެސް ފުރުސަތެއް ނެތް. އެމީހުން ކުޅެލާ، މަޖާކޮށްލާ ހަދާނެ ތަންތަނެއް ނެތް. އެމީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ގޮސް ކަސްރަތުކޮށްލާނެ ތަންތަނެއް ނެތް،” މިނިސްޓަރު މަހުލޫފު އިތުރަށް ބަޔާން ކުރި އެވެ.

advertisement

މިހެން މިކަން އޮންނާތީ، މަޖިލީހުން މީހަކު ދިޔަޔަސް ރައްޔިތުން އެދެނީ ކުޅިވަރު ކުޅެލާނެ ވަސީލަތްތަކަށް ކަމަށްވެސް ބުންޏެވެ.

“އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ސަރުކާރުތަކުގެ ޒިންމާއެއް ރައްޔިތުންނަށް މިކަންކަން ފޯރުކޮށްދިނުން…. މިއަދު މިދެންނެވިހެން ކުރާނެ އެއްވެސް ކަމެއް ނެތިފައި ގިނަ ރަށްރަށުގައި ތިބޭ ތިބުމަކީ، އޭގެ ނަތީޖާއަކީ މިދެންނެވި ކަހަލަ ބައިވަރު ކަންކަމަށް ރައްޔިތުން އެދެމުން ދިޔުން.”

އަދި ހަމަ އެހެންމެ މަހުލޫފު ބުނެފައި ވަނީ، އަޅާ ދަނޑަކީ ހަމައެކަނި ފުޓުބޯޅަ ކުޅެން އަޅާ ދަނޑެއް ނޫންކަމަށެވެ. އޭގެ ސަބަބުން ގިނަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމެއް ކަމަށް ޔޫތް މިނިސްޓަރު ފާހަގަ ކުރި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0