ތާރީހުގެ ތެރެއިން: ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫސުމާއި ބެހޭ މުޒާހަރާ

4 އޮކްޓޯބަރ 2022 - 17:40

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދުނިޔެ ހޫނުވުމާއި މޫސުމާއި ބެހޭ ގޮތުން މުޒާހަރާއެއް ކޮށްފައިވަނީ މީގެ 33 އަހަރު ކުރިންނެވެ. މި މުޒާހަރާ އޮތީ، 1989 ވަނަ އަހަރު ކުރުނބާ ރިޒޯޓުގައި އޮތް “ސްމޯލް ސްޓޭޓްސް ކޮންފަރެންސް އޮން ސީ ލެވެލް ރައިސް” އަށް ފަހު އެ ކޮންފަރެންސްގެ ބައިވެރިންނަށް މާލެ ދައްކާލުމަށްޓަކައި ރާއްޖޭގެ ހޮސްޓް އެމީހުންނާއި އެކު މާލެ އައި ދުވަހުގައެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ތިމާވެށީގެ ކޮންފަރެންސް ވެސް މެއެވެ.

ސައިންޓިސްޓުންނާއި އޮފިޝަލުން ދައްކާ ވާހައަށް ވުރެ ބޮޑަށް، ރާއްޖޭގެ ނާޒުކުކަން ހާމަކޮށް ދެއްކޭނީ ހަމަ ލޮލަށް ރަށެއް ފެނިގެން ކަމަށް ގަބޫލުކުރެވިގެން ރާއްޖޭގެ އޮފިޝަލުން މި ކޮންފަރެންސްގެ ޑެލިގޭޓުން މާލެއަށް ގެނައީ މުޒާހަރާ އާއި ދިމާކޮށްވެސް މެއެވެ.

advertisement

އެވަގުތު އެތަނުގައި ހިނގަމުން އައީ ސްކޫލު ކުދިންނާއި އާއްމުންގެ ބައްދަލުވުމަކާއި މުޒާހަރާއެކެވެ. ބައިވެރިން ހިފައިގެން ތިބި ކަރުދާސް ބޯޑު ތަކުގައި މާނަވެރި މެސެޖުތަކެއް ލިޔެފައިވެއެވެ.

އެއީ ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ބައިވެރިވެގެން އެފަދަ ބޮޑު ކޮންފަރެންސްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވަން ފެށި ދުވަސްވަރުވެސް މެއެވެ.

1989 ވަނަ އަހަރު ކުރުނބާގައި އޮތް ކޮންފަރެންސްގައި ބައިވެރިވީ ކުދި ގައުމުތަކުގެ ޑެލިގޭޓުންނާއި ތިމާވެށީގެ އެކި ދާއިރާތަކުގެ ސައިންސްވެރިންނެވެ. ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް އާއި ހަމައަށް ދިޔުމުގައި ކުދި ގައުމުތަކުގެ ބައިވެރިވުން، މި ކޮންފަރެންސްގެ ސަބަބުން އިތުރުވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0