މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

4 އޮކްޓޯބަރ 2022 - 19:32

“ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022” ޕްރޮގްރާމްތައް އިފްތިތާޙްކޮށްފި

ސައިބަރ ސޭފް މޯލްޑިވްސް، ޤައުމީ ކެމްޕޭން ވެގެންދާނީ، ރައްކާތެރިކަމާއިއެކު އިންޓަރނެޓާއި، ޓެކްނޯލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި އެޅޭ ބިންގަލަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، މިކެމްޕޭނުގެ ތެރެއިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ، “ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022” ޕްރޮގްރާމްތައް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ރަސްމީ ދަތުރެއްގައި ރައީސް މާދަމާ ބަޙްރައިން އަށް ފުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަންނަވާނެއެވެ.

މިމަހުގެ 5 އިން 8 އަށް ކުރައްވާ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ގަން އެއަރޕޯޓު ތަރައްޤީ ކުރަން ބީލަމަށް ހުޅުވާލައިފި

އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ޤައުމީ ވެކްސިން ރަޖިސްޓްރީ ޑިޖިޓަލައިޒް ކޮށްފި

ރާއްޖޭގެ ޤައުމީ ވެކްސިން ނިޒާމު ޑިޖިޓަލައިޒްކޮށް ވެކްސިންއާއި ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ރާއްޖެއާއި ކަޒަކިސްތާނާ ދެމެދު ވައިގެ ދަތުރުކުރުމަށް ސޮއިކޮށްފި

ރާއްޖެއާއި ކަޒަކިސްތާނާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ޓްރާންސްޕޯޓު މިނިސްޓްރީން ސޮއިކޮށްފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0