ހުޅުމާލެ ބީޗް ސައިޑުން ވިއްކާ ގޯތިތަކުގެ ބީލަން ހުށައެޅުން މާދަމާ

5 އޮކްޓޯބަރ 2022 - 12:36

ބީޗް ސައިޑުން ވިއްކާ ގޯތިތަކުގެ ބީލަން ހުށައެޅުން އޮންނާނީ މާދަމާ ބުރާސްފަތި ދުވަހުގެ 9:00 އިން 11:00 އަށް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. އަދި ބީލަން ފޯމު ހުޅުވާނީ  މެންދުރު 12:15 ގައި އެވެ.

އެޗްޑީސީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މިފަހަރު ވިއްކަނީ 1،095.05 އަކަފޫޓާއި 2،588.14 އަކާފޫޓާ ދެމެދުގެ 77 ބިންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗު ފްރަންޓުން 22 ބިމަކާއި ބީޗް ސައިޑުން 55 ބިމެކެވެ.

އަދި ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެން ކަމަށް އެޗްޑީސީން ބުންޏެވެ. ބީލަމުގައި ބައިވެރިވުމަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ބީޗު ފްރަންޓުން އަކަފޫޓަކަށް 6،500ރ އަދި ބީޗު ސައިޑުން އަކަފޫޓަކަށް 5،500ރ ހުށަހަޅަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
3
1