މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

5 އޮކްޓޯބަރ 2022 - 19:45

ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް މުދައްރިސުން އަހުލުވެރިވުން ވަރަށް ބޭނުންތެރި: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ، ޒަމާނާއިއެކު ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މިގޮތުން ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ބަދަލުވަމުން ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޚިޠާބުގައި އިތުރަށް ވިދާޅުވީ، ތަޢުލީމީ ދާއިރާގެ އަމާޒަކަށް ހަދަންވީ، ކުރިމަތިލާން ޖެހިފައިވާ ބޮޑު ބަދަލާ އެއްހަމައެއްގައި ޤައުމު ތަރައްޤީކޮށް ކުރިއެރުވޭ ވަރުގެ ތަޢުލީމީ ދަރިންތަކެއް އުފެއްދުން ކަމަށެވެ.

advertisement

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 60 ޕަސެންޓް ނިމިއްޖެ

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ. މީގެ އިތުރުން، މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށްވެސް އެ ކުންފުނިން ހާމަކުރި އެވެ

މި މަޝްރޫޢުގެ ދަށުން، 1200 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 803 މީޓަރުގެ ސަަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 41.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. އައްޑޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 570 މީޓަރު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، 15×50 މީޓަރު ސަރަހައްދު ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފައި. އަދި، މޫދަށް އެރޭ ސަރަހައްދުގެ ބޭރުން 100 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމްކުރާނެ އެވެ.

ނޭކުރެންދޫ ޖަލު މި ދައުރުގައި ނުނިމޭނެ: ހޯމް މިނިސްޓަރ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރި ސުވާލަކަށް ޖަވާބުދެމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާމަކުރީ ހދ. ނޭކުރެންދޫ ޖަލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ހުޅުމާލެ ބީޗް ފްރަންޓުން ބިން ގަންނަން މާދަމާ ބީލަމަށް ލެވޭނެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ބީޗް ފްރަންޓުން ބިން ގަތުމަށް 18 ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0