ރާއްޖޭގެ ސިއްހީ ދިރާސާ ފޮތެއް ނެރެފި

11 އޮކްޓޯބަރ 2022 - 11:20

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާރު ދިރާސާތަކުގެ މައުލޫމާތު ހިމެނޭ ފޮތެއް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ނެރެދެއްފައިވިއެވެ.

“ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް”ގެ ނަމުގައި ނެރެފައިވާ މި ދިރާސާފޮތުގައި 2018 ވަނަ އަހަރާއި 2021 ވަނަ އަހަރައި ދެމެދުގެ ސިއްހީ ދިރާސާތައް ހިމަނާފައިވެ އެވެ.

advertisement

މި ފޮތުގައި 30 އަށް ވުރެއް ގިނަ ސިއްހީ ދިރާސާއާއި އޭގެ ހޯދުންތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ަލިތަކުން ރައްކާތެރިވުމާއި، ބަލިތަކަށް ފަރުވާދިނުމާއި، ރާއްޖޭގެ ސިއްހީ ހިދުމަތްތަކަށް އަލިއަޅުވާލައިގެން ހެދިފައިވާ ދިރާސާތައް ހިމެނެ އެވެ. އަދި ކޮވިޑް-19 އާ ގުޅޭގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ހަދާފައިވާ ދިރާސާތަކުގެ މައުލޫމާތުވެސް އެކުލަވާލެވިފައިވެއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ސިއްހީ ދާއިރާ އާއި ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް ސިއްހީ ދިރާސާ ކުރުމަށް މަގުފަހިވާ ވެއްޓެއް ރާއްޖޭގައި ގާއިމުކުރުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0