މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

12 އޮކްޓޯބަރ 2022 - 17:00

ހިއުމަން ރައިޓްސްގެ މެމްބަރަކަށް ދިވެހިރާއްޖެ 

އދ.ގެ އާންމު މަޖިލީހުން ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރަކަށް 2023-2025 އަށް ދިވެހިރާއްޖެ އިންތިހާބުކޮށްފިއެވެ. 

advertisement

ނަފްސާނީ ބަލިތަކަށް ހާއްސަ ފަރުވާދޭ ކްލިނިކެއް ހުޅުވައިފި 

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސް ކްލިނިކެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވެއިފިއެވެ. މި ކްލިނިކް ހުޅުވައިދެއްވީ ހަސެއިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރު އަބްދުއްރަހްމާންއެވެ. 

އަހަރު ނިމުނުގެ ކުރިން ބަސް ހުއްޓިތައް ހިޔާކުރާނެ: އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޕޯޓް ލިންކް (އާރްޓީއެލް)ގެ ބަސް ހުއްޓިތައް ހިޔާ ކުރެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ. 

މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނުން ހިންގި ތަމްރީނު ޕޮރޮގްރާމް ރަޖިސްޓްރީ ކުރުން

މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނުން ހިންގި ތަމްރީނު ޕޮރޮގްރާމްގެ ލެވަލް 1 & 2 ގައި ލީޑަރުންގެ ގޮތުގައި ކަލާފާނު ސްކޫލުގެ ފަސް ޓީޗަރުން ކާމިޔާބުކަމާއެކު ރަޖިސްޓްރީ ކޮށްފިއެވެ. 

ބައިނަލްއޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މެޑަމް ފަޒްނާ ފުވައްމުލައް ސިޓީއަށް ފުރާވަޑައިގެންފި

ބައިނަލްއޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެ ސިޓީއަށް ފުރާވަޑައިގެންފިއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0