ސަރުކާރުގެ މަޤްބޫލުކަން ސެޕްޓެމްބަރު މަހު 26 ޕަސަންޓުގައި

13 އޮކްޓޯބަރ 2022 - 10:33

އެމްވީ ޕްލަސް ޕަބްލިކް އޮޕީނިއަން މެދުވެރިކޮށް ސަރުކާރުގެ މަޤުބޫލްކަން ނެގުމަށް ކޮންމެ މަަހަކު ނަގަމުންދާ ދިރާސާއިން ދައްކާގޮތުގައި ސަރުކާރުގެ މަޤްބޫލުކަން ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުރީ %26 އެޕްރޫވަލް ރޭޓިންގ އެއްގައެވެ.

މިއީ އާންމުގޮތެއްގައި ސަރުކާރަކުން އިންތިހާބެއް ކާމިޔާބުކުރުމަށް %40 ގާތްކުރާ މިންވަރަކަށް އެޕްރޫވަލް ރޭޓިންގ އެއް ބޭނުންވެއެވެ. ފާއިތުވެދިޔަ 10 މަސްދުވަހަށް ބަލާއިރު ސަރުކާރުގެ އެޕްރޫވަލް ރޭޓިންގ އެވްރެޖްކޮށް އުޅެނީ %25 ގައެވެ.

advertisement

އެމްވީޕްލަސް ޕަބްލިކް އޮޕީނިއަންއިން އަންނަނީ ސަރުކާރާއި މެދު އާންމުން ދެކޭގޮތް ބެލުމަށް ދިރާސާކުރަމުންނެވެ. އެގޮތުން މިދިޔަ 2021 ވަނަ އަހަރުން ފެށިގެން ކުރަންފެށި މި ދިރާސާގައި މިހާތަނަށް ސަރުކާރުން މަގުބޫލްކަން އެންމެ ބޮޑަށް ދަށަށް ދިޔަކަމަށް ބެލެވެނީ މިދިޔަ ޖޫން މަހުއެވެ.

އެމްވީޕްލަސް އޮޕީނިއަން ނެޓްވޯކަކީ ރާއްޖޭގައި ހިނގާ އެކިއެކި ކަންކަމާމެދު ރައްޔިތުން ދެކޭގޮތް ހޯދުމަށް ޕޯލް ނަގައި، ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ މަޤުބޫލްކަން ބެލުމަށް ފަރުމާކުރެވިފައިވާ ދިރާސާ ޕޯރޓަލްއެކެވެ. މިހާތަނަށް ވިހި ހާސް އަށްވުރެ ގިނަ ދިވެހިން އެމްވީޕްލަސް އޮޕިނިއަން މެދުވެރިކޮށް ވޯޓުލާފައިވާކަން ފާހަނގަކޮށްލެވެއެވެ.

އޮކްޓޯބަރު މަހަށް ވޯޓުލުމަށް https://opinion.mv/government-approval ޒިޔާރަޔް ކުރައްވައިގެން ވޯޓުލެވޭނެ.

ރިއެކްޝަންސް
0
0
1
0
0
0
0