މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

15 އޮކްޓޯބަރ 2022 - 16:20

ސްޓޭޓް މިނިސްޓރ ފާތިމަތު ނަސީރް ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓްއާއި ބައްދަލްކުރެއްވުން

ސިޓީގެ ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓްއާއި ސްޓޭޓް މިނިސްޓރ ފާތިމަތު ނަސީރް ބައްދަލްކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ކިޔެވުން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

advertisement

 މެޑަމް ފަޒްނާ މާލެވަޑައިގެންފި   3 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގެ

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފިއެވެ.

ޖީއެސްޓީ ބޮޑުކުރުމުން ތިން ބިލިއަން އިތުރަށް ލިބޭނެ

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް އިތުރު ކުރުމުން އަންނަ އަހަރު 3.14 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް އަނަދާޒާކޮށްފިއެވެ.

މާލޭގެ ގެބީސީތަކުން ކުނި ބައިބައިވަކިކޮށްގެން ނެރުމަށް އިތުރަށް ހޭލުންތެރިކުރިކުރުމުގެ ގޮތުން ގެންދާ ހަރަކާތްތައް

މިނިސްޓަރ އޮފް އެންވަރރަމަންޓްގެ ދިށުން މާލޭގެ ގެބީސީތަކުން ކުނި ބައިބައިވަކިކޮށްގެން ނެރުމަށް އިތުރަށް ހޭލުންތެރިކުރިކުރުމުގެ ގޮތުން މާލެ ސިޓީ އ.ތ.މ.ކ ގެ މެމެބަރުން އިސްނަންގަވައިގެން ކުރިޔަށްގެންދާ ހަރަކާތުގެ ތެރެއިން, އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން ކުރިޔަށް ގެންދާ ސާރވޭ މާލޭގައި ކުރިއަށްދަނީއެވެ.

ނައިބު ރައީސް ރަސްމީކޮށް ޖޯޓާ-ޖޯބީ ފަށައިފި

ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް ޖޯޓާ-ޖޯބީ ފަށައިފިއެވެ. މި އިވެންޓަކީ އިންޓަނެޓާއި ވައިގެ ރާޅުތަކުގެ ތެރެއިން އެކުވެރިކަމާއި ދުނިޔޭގެ ރައްޔިތުކަން ކުރިއެރުވުމަށް ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ސްކައުޓް އިވެންޓެވެ.

ރިއެކްޝަންސް
0
0
0
0
0
0
0