ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަށް މީޑިއާނެޓްގެ ކަވަރެޖްގެޓައިޓަލް ޕާޓްނަރަކަށް އޫރިދޫ މޯލްޑިވްސް
October 16, 2022
މީޑިއާނެޓްއިން މިއަހަރު ރާއްޖެ ޓީވީ އަދި އައިސް ޕްލަސްއާއި ގުޅިގެން ފީފާ ވޯލްޑްކަޕް ގަތަރް 2022 ބެލުންތެރިންނަށް ގެނެސްދިނުމަށްވަނީ ހަމަ ޖެހިފައެވެ. މިއަހަރުގެ ކަވަރެޖް ޓައިޓަލް ޕާޓްނަރަކަށް އުރީދޫއިންވަނީ އެއްބަސްވުމުގައި ސޮއިކޮއްފައެވެ.
Delighted to partner with @Medianetmv as the Coverage Title Partner for of Medianet’s Coverage #FIFAWorldCupQatar2022 to enable the nation to enjoy the matches live from wherever they are. #OoredooWorldCupFoari pic.twitter.com/vXrva3xxdq
— Ooredoo Maldives (@OoredooMaldives) October 15, 2022
މި އުފާވެރި ހަފްލާވަނީ ސޮލައިޓް ރެސްޓޯރެންޓްގައި ބޭއްވިފައެވެ.
ފީފާ ވޯލްޑް ކަޕް ގަތަރް 2022 ގެ ކަވަރެޖް ޓައިޓަލް ޕާޓްނަރއެއްގޮތުގައި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ، އުރީދޫގެ ސީއީއޯ އަދި އެމްޑީ ޙާލިދް އަލް-ހަމަދީ އަދި ސީސީއޯ ހުސެން ނިޔާޒްއެވެ. މީޑިއާނެޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ މީޑިއާނެޓްގެ ސީއީއޯ އަދި އެމްޑީ އަހްމަދް ޝަފީއު އަދި ސީއޯއޯ އަހްމަދް ނަބާހްއެވެ.
މިއާއެކު އައިސް ޕްލަސް އަދި ރާއްޖެ ޓީވީގެ ފަރާތުންވެސް ވަނީ މިހަފްލާގައި އުރީދޫއާއި އެކު އެއްބަސްވުމުގަ ސޮއި ކޮއްފައެވެ.
އެއްބަސް ވުމަށްފަހުގައި ވާހަކަފުޅު ދައްކަވަމުން ޙާލިދް ވިދާޅުވީ، “ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ޙައްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް. ހަމަ އެގޮތުން އުރީދޫ ގްރޫޕާއިވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅުވަރެއް.
މި އަހަރުގެ ވޯލްޑްކަޕަށް އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ، އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓް އާއި މިއަދު މި ޕަރޓަނަރޝިޕް ގާއިމް މިކުރީ ނުހަނު އުފަލާއެކު.”
ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމާބެހޭ ގޮތުން މީޑިއާނެޓްއިން ނަބާހް ވިދާޅުވީ، މިއަހަރު ރާއްޖޭގެ ތާރީހުގައިވެސް އަލަށް، ވޯލްޑްކަޕް ހަމަ އެކަނި ސައްތައިން ސައްތަ ދިވެހި ޗެނަލް ތަކަކުން ފެނިގެންދާނެވާހަކައެވެ.
މިގޮތުން މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެނިގެންދާނީ އައިސް ޕްލަސްއަދި ރާއްޖެ ޓީވީއިންނެވެ. އަދި މި މުނާސަބަތުގައި އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓްއަށްވެސް ލިބިގެންދާ ޝަރަފްއެކެވެ.
ފޯރިގަދަ މެޗްތަކަކާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެށުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރުގައެވެ. މީގެ އިތުރުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެކި އެކި ޕްރޮގްރާމްތަކާއި، ބެލުންތެރިންނަށް ފޭންޒޯންސް އަދި ރޯޑް ޝޯ ފަދަ ކުލަގަދަ ހަރާކާތްތަށް ވަނީ ރޭވިފައްވެ.



